09 ޑިސެމްބަރ 2022
ތައިލެންޑްގައި އިއްޔެ ފެށި ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަރްޔަމް ޝިހާނާ (މަރީ)ގެ ވާހަކަ ލިޔަން މިއަށްވުރެ މުނާސަބު ދުވަހެއް ނެތެވެ. ބޮޑީ ބިލްޑިންގެ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގެ ހަވާސާގައި މަރީ، ފުރަތަމަ ފަހަރަށް މިއަދު އިށީންނާނީ ބައިނަލްއަގުވާމީ ބޮޑީ ބިލްޑިން މުބާރާތެއްގައި ފަނޑިޔާރުކަން ކުރާ ފުރަތަމަ ދިވެހި އަންހެން ޖަޖުގެ ގޮތުގަ އެވެ. އޭނާ އާ އެއް ސަފެއްގައި ދުނިޔޭގެ ބޮޑީ ބިލްޑިންގެ އެންމެ ނުފޫޒުގަދަ ފަނޑިޔާރުން ވެސް މިއަދު އިށީންނާނެ އެވެ.
ތައިލެންޑްގައި އިއްޔެ ފެށި ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަރްޔަމް ޝިހާނާ (މަރީ)ގެ ވާހަކަ ލިޔަން މިއަށްވުރެ މުނާސަބު ދުވަހެއް ނެތެވެ. ބޮޑީ ބިލްޑިންގެ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގެ ހަވާސާގައި މަރީ، ފުރަތަމަ ފަހަރަށް މިއަދު އިށީންނާނީ ބައިނަލްއަގުވާމީ ބޮޑީ ބިލްޑިން މުބާރާތެއްގައި ފަނޑިޔާރުކަން ކުރާ ފުރަތަމަ ދިވެހި އަންހެން ޖަޖުގެ ގޮތުގަ އެވެ. އޭނާ އާ އެއް ސަފެއްގައި ދުނިޔޭގެ ބޮޑީ ބިލްޑިންގެ އެންމެ ނުފޫޒުގަދަ ފަނޑިޔާރުން ވެސް މިއަދު އިށީންނާނެ އެވެ.
އެކަމަކު އެ އިސް ސަފަށް ވާސިލުވުމުގެ ކުރިން މަރީ ހޭދަ ކުރީ ހިތްދަތި ފަރުދާއެއްގެ ބިއްދޮށުގަ އެވެ.
އުމުރުން 21 އަހަރުގައި ކުރި ކައިވެންޏަށް 10 އަހަރު ނުވަނީސް ކައިވެނި ރޫޅުނެވެ. ނުހަނު ލޯބިން ގެތި ދިރިއުޅުމުގެ ވާފަށް ކެނޑުނު އިރު އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވެއެވެ. އުމުރު ދުވަހަށް ދެމިތިބުމުގެ އުންމީދުގައި ކުރި އަގުދު ރޫޅުމުން މަރީ ދެން ވެއްޓުނީ ބޮޑު އަޑިގަނޑަކަށެވެ.
ލިބުނު މާޔޫސްކަމުގައި މަރީގެ ހަޔާތަށް ޑިޕްރެޝަންގެ އަނދިރި ހިޔަނި އެޅިއްޖެ އެވެ. ދިރިއުޅުމަށް އިސްކަން ދޭން އުންމީދު ކުރިއަސް ފުރަތަމަ މަރުހަލާގައި އޭނާ އަށް ތެދުވެ ކުރިއަކަށް ނުދެވުނެވެ.
އެކަމަކު އެ ވޭނުގައި ދެމިހުންނާނީތޯ ނުވަތަ ދިރިއުޅުމުގެ ބަރު ކޮނޑުމައްޗަށް ނަގައިގެން ހަމަ އިސްކޮޅަށް ދެމިލާނީތޯ ކަނޑައަޅަން މަރީ އަށް ޖެހުނެވެ.
ބޮޑީ ބިލްޑިން ވޯލްޑް ފެޑެރޭޝަންގެ ކޮންގްރެސްގައި ދިވެހި ޑެލިގޭޓްގައި މަރީ
ދެ ދަރިންގެ ހައްގުގައި އެކަނިވެރި މައެއްގެ ހައިސިއްޔަތުން އޭނާ ނިންމީ އެ ވޭނުގައި ނޫޅެ ކުރިއަށް ދިއުމަށެވެ. އެކަމަށް އޭނާ އިހްތިޔާރު ކުރީ ފިޓްނަސް އާއި ނަފުސާނީ ތެރަޕީ އެވެ.
"ނަފުސާނީ ރަނގަޅު ޑޮކްޓަރެއްގެ ލަފާއާއެކު އަދި އަމިއްލަ ހިތްވަރުން ކުރިއަށްދާން ޖެހޭނީ. އެގޮތަށް އައި ފައުންޑް ދެޓް ފިޓްނަސް ވޯޒް ރިއަލީ ހެލްޕްފުލް. އެންޑް އޯލް ވޭސް ފޮލޯ ގުޑް އެޑްވައިސް ފްރޮމް ދަ ޑޮކްޓާ،" ޑިޕްރެޝަނުން އަރައިގަތުމަށް ކުރި މަސައްކަތް މަރީ ކިޔައިދިނެވެ.
ބޮޑީ ބިލްޑިންގެ ފަނޑިޔާރު ކަމާ ހަމަ އަށް އޭނާ އަށް ދެވުނީ ފިޓްނަސްގެ ތެރޭގައި އުޅެންޖެހުމުންނެވެ.
"އޭގެ ކުރިން އަޅުގަނޑަކީ އެއްވެސް ވަރަކަށް ފިޓްނަސް އަށް އިސްކަން ދިން މީހެއް ނޫން،" މަރީ ބުންޏެވެ.
ޑިޕްރެޝަނުން އަރައިގަންނަށް ޖިމަށް ވަން މަރީ އަށް ދެން ހުޅުވުނީ ފިޓްނަސްގެ ދުނިޔެއެކެވެ. ރިވައިވް ފިޓްނަސްގައި އޭނާ ފެށި ފިޓްނަސް ޕްރޮގްރާމްގައި ކުރިއަށް އެޅި ހަލުވި ފިޔަވަޅުތަކާ އެކު ޑިޕްރެޝަންގެ ބުރަކަމަށް ލުޔެއް އަންނަން ފެށި ކަމުގެ އިހްސާސް އޭނާ އަށް ކުރެވުނެވެ.
ބޮޑީ ބިލްޑިން ވޯލްޑް ފެޑެރޭޝަންގެ ކޮންގްރެސްގެ ތެރެއިން މަރީ
މިއަދު ފުރަތަމަ ފަހަރަށް ބޮޑީ ބިލްޑިން ޖަޖެއްގެ ގޮތުގައި މަސައްކަތް ފެށުމުގެ ކުރިން، ފިޓްނަސްގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރި އެވެ. ފިޓްނަސް އިންސްޓްރަކްޓަރެކެވެ. ރިހިބިލިޓޭޓާއެކެވެ. ބޫޓު ކޭމްޕު ހިންގައި ގިނަ އަންހެނުންނެއް ފިޓްނަސްގެ ދުނިޔެ އަށް މަގު ދައްކައިދިން ޓްރޭނަރެކެވެ.
"ސިންގަލް މޮމް އެއް ގޮތުގައި އެ ހުރިހާ އެކްޓިވިޓީއެއްގައި އުޅެމުން އަޅުގަނޑަށް ކުރިއަށް ދެވުނީ ވަރަށް ހިތްވަރުކޮށްގެން. އޭގެ ތެރެއިން ޑިޕްރެޝަނުން އަރައި ގަންނަން ވަރަށް ބޮޑަށް މަގުފަހިވި،" މަރީ ބުންޏެވެ.
"އެކަމަކު އެއީ ވަރަށް ގިނަ ބައެއްގެ ސަޕޯޓާއެކު. ދެ ދަރިންގެ ކަންކަމުގައި ކުރީގެ ހަޒްބެންޑް އަދި އޭނާގެ އާއިލާއިން ވެސް ވަރަށް ސަޕޯޓިވް. ދެން ފާހަގަ ކޮށްލަން ރިވައިވް ފިޓްނަސްގެ ނޫރާ. ޝީ ވޯޒް ރިއަލީ ހެލްޕްފުލް ފޯ މީ މި ހިސާބަށް އައުމަށް."
ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ގެ އަންހެނުން، މަރީ އިއްބެ އާއެކު އޭނާގެ ދެވަނަ ކައިވެނީގެ ގުޅުން ފެށުނީ ވެސް ފިޓްނަސްގެ ތެރެއިންނެވެ. އެ ދެމަފިރިންގެ ކައިވެނި މީގެ ތިން އަހަރު ކުރިން ކޮށް އެ ކައިވެންޏަށް ދެ ދަރިން ވަނީ ލިބިފަ އެވެ.
ބޮޑީ ބިލްޑިން ވޯލްޑް ފެޑެރޭޝަންގެ ރައީސް ދާތުކު ޕޯލް ޗުއާ އާއެކު ރާއްޖޭގެ ކޮންޓިންޖެންޓްގައި މަރީ
މަރީ ބުނި ގޮތުގައި އޭނާ އަށް މިއަދު ވާސިލުވެފައި ހުރި ހިސާބަކީ އޭނާގެ ފަހަތުގައި އިއްބެ ހުރެގެން މަގު ދައްކައި ދީގެން ވާސިލު ވެވުނު އާ މަރުހަލާ އެވެ. މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕް އަދި އޭޝިއަން ޗެމްޕިއަންޝިޕްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރި އިއްބެ އަކީ އޭޝިއާގެ ވެސް ސީނިއާ ޖަޖުންގެ ތެރޭގައި ހިމެނޭ އިސް ފަނޑިޔާރެކެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަކީ އިއްބެ،" އަންހެން ކަނބަލުންނަށް ހާއްސަ ޖިމް "ކަމަނަ ފިޓްނަސް" ގެ ހިންގުންތެރިޔާ ބުންޏެވެ.
އިއްބެ ވެސް ޖަޖެއްގެ ގޮތުގައި ފެންނާތީ އުފެދުނު ޝައުގުވެރިކަމުގެ ތެރެއިން އިންޓަނޭޝަނަލް ފެޑެރޭޝަންގެ ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށް ބޮޑީ ބިލްޑިން ފަނޑިޔާރު ކަމުގެ ލައިސެންސް ހާސިލު ކުރި މަރީ ބުނީ މިއަދު އަނެއްކާ ވެސް ހުޅުވެނީ އޭނާގެ ހަޔާތުން އާ ސޮފްހާއެއް ކަމަށެވެ.
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތަށް 11 މިލިއަން ރުފިޔާ
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ
ތާރީހީ ރަން މެޑަލް އަޒުނީން ހާއްސަކުރަނީ ވިލިނގިއްޔަށް
ވޯލްޑް ޗެމްޕިއަންޝިޕުން ޔާންބެ ބްރޯންޒް މެޑަލް ހޯދައިފި
ހިމްޔާން، އަހުސަން އަދި ފަތުހުﷲ އަށް ބްރޯންޒް މެޑަލް
ވޯލްޑް ޗެމްޕިއަންޝިޕުން އަޒުނީން ރަން މެޑަލް ހޯދައިފި
ވޯލްޑް ޗެމްޕިއަންޝިޕުން މޯޑް ރިހި މެޑަލް ހޯދައިފި
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން