Roadha Mihaaru
ޓޫރިޒަމްގެ ފައިދާއަކީ ރަށްތަކުގެ ތަފާތުކަން: މައުސޫމް

ލޯކަލް ޓޫރިޒަމްގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރަށްތަކުގެ ތަފާތުކަން: ޑރ. މައުސޫމް

06 ޑިސެމްބަރ 2022

ލޯކަލް ޓޫރިޒަމްގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރަށްތަކުގެ ތަފާތު ކަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ލޯކަލް ޓޫރިޒަމްގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރަށްތަކުގެ ތަފާތު ކަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ލޯކަލް ޓޫރިޒަމުން ރާއްޖެ އަށް އޮތް އެންމެ ބޮޑު ފައިދާ އަކީ 'ޑައިވާސިޓީ'' ނުވަތަ އެއް ރަށާ އަނެއް ރަށާ ހުރި ތަފާތު ކަންކަން ކަމަށެވެ.

"ރާއްޖޭގެ 186 ރަށުގެ ކަންކަން ޓޫރިސްޓުންނަށް ގެންދަން އުނދަގޫ ވެދާނެ. ޖެހިޖެހިގެން ހުންނަ ދެ ރަށުގެ ކަންކަން ވެސް ތަފާތު. އެކަމަކު އެއީ ރާއްޖޭގެ ސްޓްރެންތަކީ. އެ ސްޓްރެންތު ޓޫރިސްޓުންނާ ހަމައަށް ގެންދިޔައިމަ އިރާދަކުރެއްވިއްޔާ ހަމަ މަތިމައްޗަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހޯދޭނެ،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރާއްޖެ ނަން މަޝްހޫރު ވެފައި ވަނީ އެހެން އެއްވެސް ގައުމެއްގައި ނުދޭހާ ރަނގަޅު މެހެމާންދާރީއެއް ދޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

މިއަދު އެންއެޗްގޭމް އިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު އެންއެޗްގޭމް އިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މައިގަނޑު ގެއްލުމެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމުން ދިމާވާ ދަތުރުފަތުރު ކުރުމުގެ ދަތިތަކުގެ ސަބަބުން ލޯކަލް ގެސްޓް ހައުސްތަކާއި ކުދި ހޮޓެލްތަކަށް ބޮޑެތި އަސަރުތައް ކުރާ ކަމަށެވެ.

ހޯމް ސްޓޭ އަށް އަލިއަޅުއްވާލައްވައި ޑރ. މައުސޫމް ވިދާޅުވީ، އެއީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ވަރަށް ކުޑަ ބައެއް ކަމަށާއި ބޮޑު ބަޔަކީ ޒުވާން ޓޫރިސްޓުންނަށް ރާއްޖޭގެ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް އަދި އެންއެޗްގޭމްގެ ރައީސްގެ އިތުރުން އެހްން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް އަދި އެންއެޗްގޭމްގެ ރައީސްގެ އިތުރުން އެހްން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިހާރު ގިނަ އާ ޓޫރިސްޓުން ބޭނުންވަނީ ތަފާތު ކަންކަން ތަޖުރިބާ ކުރަން" މައުސޫމް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ޓޫރިޒަމެއް ގާއިމްކުރުމާއެކު 'ލީޑިން ސަސްޓެއިނެބަލް ޓޫރިޒަމް ޑެސްޓިނޭޝަން' ގެ ލަގަބު ރާއްޖެ އަށް ލިބުމަކީ މިހާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވަނީ މިއަދު އެންއެޗްގޭމް އިން ހިއްސާކުރި އާ ޕްލޭންތަކަށް ތައުރީފް ކުރައްވާ މަރުހަބާ ދަންނަވާފަ އެވެ. އެ އެސޯސިއޭޝަން ރީބްރޭންޑް ކުރުމަށް ފަހު މިހާރުގެ އަމާޒަކީ މުޅި ރާއްޖެއާއި ރާއްޖޭގެ ސަގާފަތާއި، ތަރިކަ އަދި ރަށްފުށުގެ ދިރިއުޅުން ޕްރޮމޯޓު ކުރުމެވެ.