06 ޑިސެމްބަރ 2022
ޒަމާނުއްސުރެ އިންޑޮނީޝިޔާގައި އަމަލު ކުރަމުން އަންނަ ޖިނާއީ ގާނޫނުގެ ބަދަލުގައި އިސްލާމީ ޝަރީއަތުގެ ގިނަ އުސޫލުތަކެއް ހިމެނޭ ގޮތަށް އެކުލަވައިލި އާ ގާނޫނުލް އުގޫބާތު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޒަމާނުއްސުރެ އިންޑޮނީޝިޔާގައި އަމަލު ކުރަމުން އަންނަ ޖިނާއީ ގާނޫނުގެ ބަދަލުގައި އިސްލާމީ ޝަރީއަތުގެ ގިނަ އުސޫލުތަކެއް ހިމެނޭ ގޮތަށް އެކުލަވައިލި އާ ގާނޫނުލް އުގޫބާތު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކުރި ގާނޫނުލް އުގޫބާތުގައި ކުށުގެ ގޮތުގައި އަލަށް ކަނޑައެޅި ކަންކަމުގެ ތެރޭގައި، ކާވެންޏަކާ ނުލައި ޖިންސީ ގުޅުން ހިންގުމާއި، ކާވެނިނުކޮށް އެއްތަނުގައި ދިރިއުޅުމާއި އެއްޖިންސުން ގުޅުން ހިންގުން ހިމެނެ އެވެ. މީގެ އިތުރުން، އިންޑޮނީޝިޔާގެ ރައްޔިތުންނާއި އިންޑޮނީޝިޔާގައި ދިރިއުޅޭ ބިދޭސީންގެ މައްޗަށް ވެސް ތަންފީޒުކުރެވޭނެ މި ގާނޫނު ބުނާ ގޮތުން، އެ ގައުމުގެ ރައީސަށް ކުޑައިމީސް ކުރުމާއި، ދައުލަތުގެ މުއައްސަސާތަކާއި އިންޑޮނީޝިޔާގެ ގައުމީ ފިކުރު "ޕަންޖާސިލާ" (ފަސް މަބްދައު) އަށް ކުޑައިމީސް ކުރުމަކީ ވެސް ޖިނާއީ ކުށެކެވެ.
މީގެ 76 އަހަރު ކުރިން 1946 ވަނަ އަހަރު އިންޑޮނީޝިޔާ އަށް މިނިވަންކަން ލިބުނީއްސުރެ، މިއަދާ ހަމައަށް، ޖިނާއީ މައްސަލަތަކުގައި އެ ގައުމުގައި އަމަލު ކުރަމުން އައީ، ހޮލެންޑްގެ ގާނޫނުތަކާއި، ޖިނާއީ މައްސަލަތަކުގައި އެ ގައުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އާދަކާދަތަކާއި، ފަހުން ހެދި ގާނޫނުތަކަށެވެ.
ޑިސެމްބަރ 6، 2022: އިންޑޮނީޝިޔާގެ ޕާލަމެންޓަރީ ކޮމިޝަންގެ ޗެއާމަން ބަމްބަންގް އުރްޔަންޓޯ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ
އާ ގާނޫނާ ބެހޭ ގޮތުން އެ ގައުމުގެ މިނިސްޓަ އޮފް ލޯ އެންޑް ހިއުމަން ރައިޓްސް ޔަސޯނާ ލައޯލީ ވިދާޅުވީ މި ގާނޫނުގެ ދެލިކޮޕީއާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށާއި، ތަފާތު ޚިޔާލުތައް ވެސް އާ ގާނޫނުގައި ހިމެނުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، "އަޅުވެތިކަމުގެ ތެރެއިން އަހަރެމެންނަށް ވާރުތަވެފައިވާ އިސްތިއުމާރީ ޒަމާނުގެ ގާނޫނު ދޫކޮށްލައި، އާ ގާނޫނުލް އުގޫބާތާ މެދު ތާރީޚީ ނިންމުމެއް ނިންމުމުގެ ވަގުތު މިހާރު މިއޮތީ ޖެހިފައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ފާސްކުރި ގާނޫނުލްއުގޫބާތުގެ ފުރަތަމަ ދެލިކޮޕީ ސެޕްޓެމްބަރު 2019 ގައި ލީކުވުމާ ގުޅިގެން، އާންމުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނެވެ. ގިނަ ޔުނިވަސިޓީތަކެއްގެ ދަރިވަރުން ގުޅިގެން އާންމު ހަޅުތާލެއް ފަށައި، ރައްޔިތުންގެ މިނިވަންކަން ސަރުކާރުން ނަގައިލަނީ ކަމަށް ބުނެ މަގުތަކަށް ނުކުމެ މުޒާހަރާ ވެސް ކުރި އެވެ.
ކުރީގެ ގާނޫނުލްއުގޫބާތު ދޫކޮށްލައި، މިއަދު ފާސްކުރި ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގާނޫނު ބުނާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އަށް ކުޑައިމީސްކުރުމުގެ އެންމެ ބޮޑު އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. މިނިސްޓަ އޮފް ލޯ އެންޑް ހިއުމަން ރައިޓްސް ޔަސޯނާ ލައޯލީ ވިދާޅުވީ ދައުލަތުގެ ވެރިންނަށް ކުޑައިމީސްކުރުމާއި ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށާއި، އެ ތަފާތުތައް މި ގާނޫނުގައި ބުނެދީފައިވާނެ ކަމަށެވެ.
މުޅި ދުނިޔޭގައި ވެސް މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިޔާގައި މިހާތަނަށް އަމަލު ކުރަމުން އަންނަ ގާނޫނުތަކުގައި، ކާވެނިނުކޮށް ޖިންސީ ގުޅުން ހިންގުމާއި ޒިނޭ ކުރުމަކީ ވެސް ކުށެއް ނޫނެވެ. މިއަދު އަލަށް ފާސްކުރި ގާނޫނުގައިވާ ގޮތުން، މި ދެ އަމަލަކީ ވެސް ޖިނާއީ ކުށެވެ.
މީގެ އިތުރުން ކާވެނިނުކުރާ ދެ މީހަކު އެއް ތަނެއްގައި ދިރިއުޅުމަކީ (ނިދައި އުޅުމަކީ) ގާނޫނީ ކުށެކެވެ. އަދި އެފަދައިން އުޅޭ ދެމީހެއްގެ މެދުގައި ޖިންސީ ގުޅުމެއް ހިނގާ ކަމަށް، އެ ދެ މީހުން ކުރެ މީހެއްގެ މައިން ބަފައިންނަށް ނުވަތަ ދަރިންނަށް ޝައްކުކުރެވޭ ހިނދެއްގައި، އެފަދަ ކަންތައް ފުލުހުންނަށް ރިޕޯޓްކުރުމުގެ ހައްގު، އެ މައިންބަފައިންނާއި ކުޑަކުދިންނަށް ވެސް މި ގާނޫނުން ލިބިދެ އެވެ.
މި ގާނޫނު ބުނާ ގޮތުން ކާވެނިނުކޮށް ޖިންސީ ގުޅުން ހިންގުމާއި ޒިނޭކުރުމުގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ ގާނޫނުގައި ބުނާ ޖޫރިމަނާއެއް ކުރުމެވެ. ކާވެންޏެއް ނުކޮށް ދެމަފިރިން ފަދައިން އެއް ތަނެއްގައި ދިރިއުޅޭކަން ސާބިތުވެއްޖެ ނަމަ، އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމެވެ.
"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ
"ގާނޫނީ ޒިނޭ" އޮންނަ މާއްދާއިން ދައުވާކުރެވޭނެ
ސައިބާ ކްރައިމް ކުށަކަށް ހެދުމުގެ ބިލް ފާސްކޮށްފި
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ
ބައުންސްވި ޗެކެއްގެ ފަހަތުން ދައުލަތް: ބޭނުމަކީ ކޮބާ؟
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
ފޯނު ހުޅުވަން ދެކޮޅު ހެދުމުން ބޮޑު ޖޫރިމަނާއެއް
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި