06 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 6) - ދެކުނު ކޮރެއާގެ މައްޗަށް 4-1 އިން ކުރި ހޯދައި ވޯލްޑް ކަޕަށް އެންމެ ފަރިތަ ބްރެޒިލުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ދޯހާ (ޑިސެމްބަރު 6) - ދެކުނު ކޮރެއާގެ މައްޗަށް 4-1 އިން ކުރި ހޯދައި ވޯލްޑް ކަޕަށް އެންމެ ފަރިތަ ބްރެޒިލުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފައިވާ ބްރެޒިލުން، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ވިދިވިދިގެން ދަތުރު ކުރި ހަތް ވަނަ ފަހަރެވެ. މިހާތަނަށް ބޭއްވީ ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ޓީމަކީ ބްރެޒިލް އެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށް ހެދި "974" ސްޓޭޑިއަމްގައި ކުޅުނު ގަހު މެޗުގެ ބްރެޒިލްގެ ހަތަރު ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. މި މެޗަށް ފަހު ދެން އެ ސްޓޭޑިއަމް ބޭނުމެއް ނުކުރާނެ އެވެ. ދަގަނޑު ކޮންޓެއިނާ ބޭނުންކޮށްގެން ހަދައިފައިވާ ސްޓޭޑިއަމް ވޯލްޑް ކަޕަށް ފަހު ރޫޅާލާނެ އެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓްގައި ބްރެޒިލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވިނީޝިއުސް ޖޫނިއާ އެވެ. އޭނާ މި ލަނޑު ޖެހީ އަނިޔާވެގެން ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ކުޅުމާ ދުރުގައިި ހުރުމަށް ފަހު އަލުން ކުޅެން ނުކުތް ނޭމާ ޖޫނިއާ ދިން ބޯޅައަކުންނެވެ. ބްރެޒިލުން މެޗުގައި ޖެހި ލަނޑުތަކަކީ ފަސޭހަ ކަމާއެކު ކޮރެއާ ކޮޅަށް ވައްދާލި ލަނޑުތަކެކެވެ.
ނޭމާ އާއި ވިނީޝިއުސް ވަނީ ލަނޑު ޖެހުމުގެ އިތުރަށް އިތުރު ލަނޑެއް ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ނޭމާ ޖެހީ ލިބުނު ޕެނަލްޓީގަ އެވެ. ޕެނަލްޓީ އޭނާ ވައްދާލީ ވަރަށް ހަމަޖެހިލާފަ އެވެ. ކޮރެއާގެ ކީޕަރު ކިމް ސެންގް ގިއު ހުރީ ބޯޅަ އަށް ހަރަކާތް ކުރާނެ ގޮތް ވެސް ނޭނގިފަ އެވެ.
ބްރެޒިލްގެ ތިން ވަނަ ލަނޑު 20 ވަނަ މިނެޓްގައި ރިޝާލިސަން ޑި އަންޑްރޭޑް ޖެހީ ކެޕްޓަން ތިއާގޯ ސިލްވާ ދިން ބޯޅައިންނެވެ. ކޮރެއާގެ އޭރިއާގެ ތެރޭގައި ބްރެޒިލްގެ ކުޅުންތެރިން ކުޅެމުން ދިޔައީ ފަސޭހަ ކަމާއެކު އެވެ. މެޗުގެ 36 ވަނަ މިނެޓްގައި ލޫކަސް ޕަކުއޭޓާ ވަނީ ވިނީޝިއުސް ނަގައިދިން ބޯޅައިން ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ޖެހި ހަތަރު ލަނޑާއެކު ދެ ވަނަ ހާފުގައި ބްރެޒިލުން އިތުރު ލަނޑުތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ. ބްރެޒިލްގެ ކުޅުންތެރިން ވަނީ ރަފީނިއާ ލައްވައި ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ދިފަ އެވެ. އެކަމަކު އޭނާ އަށް ކޮރެއާގެ ގޯލްގެ އެތެރެއަށް ބޯޅަ ވައްދައެއް ނުލެވުނެވެ. ލިބުނު އިތުރު ފުރުސަތުތައް ބްރެޒިލަކަށް ބޭނުމެއް ނުހިފުނެވެ. އެކަމަކު ކޮރެއާއިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ޖަހައިފަ އެވެ.
އެއީ މުބާރާތުގައި މިހާތަނަށް އެ ޓީމު ކޮޅަށް ވަން ދެ ވަނަ ލަނޑެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމު ކޮޅަށް ވަނީ އެންމެ ލަނޑެކެވެ. އެއީ ގުރޫޕްގެ ފަހު މެޗުގައި ކެމެރޫންގެ އަބޫބަކުރު ބްރެޒިލް ކޮޅަށް ވައްދާލި ހަމައެކަނި ލަނޑެވެ. އެ މެޗުން ބްރެޒިލް ބަލިވީ 1-0 އިންނެވެ.
ކޮރެއާ ކެޓުމުން، އޭޝިއާގެ ޓީމުތަކަށް މިރޭ ވަނީ ވޯލްޑް ކަޕް ނިމިފަ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ޖަޕާން ކްރޮއޭޝިއާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ކުއާޓާ ފައިނަލުގައި ބްރެޒިލް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.
އަރާމުކުރަން ވަގުތު މަދުވުމުން ކޮރެއާ ކޯޗު ޝަކުވާކޮށްފި
ޓީޓޭގެ އާއިލާއަށް އެހީވި ފަލަސްތީނުގެ ޒުވާނާއަށް ޝަރަފް
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި
ރޮނާލްޑީނިއޯގެ އަތްމަތިދަތިވެ މުޅިން ބަނގުރޫޓްވެއްޖެ
ރިޗާލިސަން؛ ސައިކޮލޮޖިކަލް އެހީއަށް ބޭނުން ވެފައި
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ
ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން އަންގައިފި
ބައްޕަ އަށް ޕެލޭ ވީ ވައުދު: ފެށުނީ ވެސް ނިމުނީ ވެސް ކަރުނައިން
ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ