Roadha Mihaaru
ރޮނާލްޑީނިއޯގެ އަތްމަތިދަތިވެ މުޅިން ބަނގުރޫޓްވެއްޖެ

ރޮނާލްޑީނިއޯ މާލީގޮތުން ހުލިވެ މުޅިން ބަނގުރޫޓްވެއްޖެ

22 ނޮވެމްބަރ 2023

ރިއޯ (ނޮވެމްބަރު 22) - ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ އަތްމަތި މުޅިން ހުލިވެ އޭނާ ބަނގުރޫޓްވެއްޖެ އެވެ.

ރިއޯ (ނޮވެމްބަރު 22) - ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ އަތްމަތި މުޅިން ހުލިވެ އޭނާ ބަނގުރޫޓްވެއްޖެ އެވެ.

ބާސެލޯނާ އާއި އޭސީ މިލާންގެ ކުރީގެ ފޯވާޑް އަތުގައި ކުރިން ލަގްޝަރީ ކާރާއި އަގުބޮޑު ގެތައް ހުއްޓެވެ. އެކަމަކު މިއަދު އޭނާގެ މިލްކިއްޔާތުގައި ހުރި އަގުބޮޑު މުދާތައް ޓެކްސް އިދާރާ އަށް ވަނީ ދޭން ޖެހީފަ އެވެ.

ތަކުރާރުކޮށް ޓެކްސް ދައްކަމުން ނުދާތީ ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ޓެކްސް އިދާރާ އަށް ދައްކަން ރޮނާލްޑޯ، 43، އަށް ވަނީ ޖެހިފަ އެވެ.

ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން، ޓެކްސް އިދާރާ އިން އަމުރުކޮށްފައި ވަނީ ރިއޯ ޑި ޖެނީރޯ އާއި ރޮނާލްޑީނިއޯގެ އުފަން ސްޓޭޓް ރިއޯ ގްރާންޑޭ ޑޯ ސުލްގައި ހުރި އޭނާގެ ރިއަލް އެސްޓޭޓް އެސެޓްތަކުގެ އަގު ބެލުމަށެވެ. އެއީ އެތަންތަން ޓެކްސް އިދާރާ އަށް ނެގުމަށެވެ.

މި ޕްރޮޕަޓީތައް ހުރި ސީދާ ތަނެއް ހާމަކޮށްފައި ނުވި ނަމަވެސް އެއީ ރޮނާލްޑީނިއޯ އުފަންވި ޕޯޓޯ އަލެގްރޭ ސިޓީއާ ގާތްގަނޑަކަށް 80 މޭލު ދުރުގައި ބްރެޒިލްގެ ދެކުނު އައްސޭރީގައި އޮންނަ މުނިސިޕަލްޓީއެއް ކަމަށްވާ ރިއޯގެ ހުޅަނގު ފަރާތުގައި ކަމަށް ބުނެވެ އެވެ.

ޓެކްސް އިންސްޕެކްޓަރުން ރޮނާލްޑީނިއޯގެ މުދާތަކުގެ އަގުބަލަން އެންގީ ބާސެލޯނާ އަށް ކާމިޔާބު ހޯދައިދިން ކުޅުންތެރިޔާގެ ބޭންކް އެކައުންޓުން އެއްވެސް ފައިސާއެއް ނެތުމުން ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޕެރަގުއޭގައި ޖުވާ ކުޅޭ ތަނެއް ހުޅުވަން، ވަގު ޕާސްޕޯޓްގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އެތެރެވުމުން މާޗް 2020 ގައި ޕެރަގުއޭގެ ފުލުހުން އެ ދެމީހުން ހައްޔަރު ކުރި އެވެ. އެއް މަސް ވަންދެން ޖަލުގައި ހުރުމަށް ފަހު އިތުރު މުއްދަތަކަށް ގޭ ބަންދުގައި ވެސް ރޮނާލްޑީނިއޯ ބެހެއްޓި އެވެ.

އޭނާ އަށް ބްރެޒިލަށް ފުރުމުގެ ހުއްދަ ދިނީ، ބަދަލުގެ ގޮތުގައި 192،000 ޑޮލަރު ދައްކަން ޖެހުނެވެ.