05 ޑިސެމްބަރ 2022
ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން ނިންމައިލެވޭނެ އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން ނިންމައިލެވޭނެ އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާ އަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ހަލާކުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންވެ، ގިނަ ބައެއްގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ހުކުރު ދުވަސްތަކުގައި މިސްކިތަށް ދާއިރު އޭސީތައް ހަލާކުވެފައި ހުރުމުން ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާތައް ބޮޑެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި އިމާރާތްކޮށްދިން މިސްކިތުގެ އޭސީތައް މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ ތުރުކީ ވިލާތުގެ ޓެކްނީޝަނުންގެ ޓީމަކާ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ އެ މިސްކިތުގެ އޭސީ މާރާމާތު ކުރުމުގެ މަސައްކަތް ލަސްވަނީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ނުލިބުމުން ކަމަށެވެ.
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަންސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތުރުކިޔޭ ވިލާތުގެ ޓެކްނީޝަނުންގެ ޓީމުން މިހާރުވަނީ ފަށާފަ. pic.twitter.com/Ny3GP13SuJ
— Ministry of Islamic Affairs (@MVIaffairs) November 15, 2022
"ރާއްޖެ އިން ބޭރުން ގެންނަންޖެހޭ ތަކެތި މި މަހު 15 ގެ ކުރިން ލިބޭނެ. މުޅި މަސައްކަތް އެއްކޮށް މި މަހު 25 ގެ ކުރިން ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދޭ،" އޭނާ ވިދާޅުވި އެވެ.
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ކިންގް ސަލްމާން މިސްކިތް ނިމޭނީ ޖުލައި 31 އަށް
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
ބަރުބަރީ މިސްކިތް ތިން ބުރިއަށް އިމާރާތްކުރަނީ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ހަދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ
ސަލްމާންމިސްކިތުގެ އޭސީ ރަނގަޅުކުރަން 6މިލިއަން ބޭނުން
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ