04 ޑިސެމްބަރ 2022
ނޭވާލާ ނިޒާމުގެ އިންފެކްޝަނެއްގެ ސަބަބުން މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނަމަވެސް، އޭނާ ހުރީ ވަރުގަދަކޮށް، ފަރުވާއާ މެދު އުއްމީދުގައި ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ބުނެފި އެވެ.
ނޭވާލާ ނިޒާމުގެ އިންފެކްޝަނެއްގެ ސަބަބުން މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނަމަވެސް، އޭނާ ހުރީ ވަރުގަދަކޮށް، ފަރުވާއާ މެދު އުއްމީދުގައި ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ބުނެފި އެވެ.
ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޕެލޭ މި ހަފުތާގައި އެޑްމިޓްކުރީ ހަށިގަނޑުން ކެންސަރު މަރާލަން ދެމުން އަންނަ ކީމޯތެރަޕީގެ އަސަރުކުރަނީ ކިހާ ވަރަކަށްތޯ ބެލުމަށެވެ. ޓެސްޓްތަކުން ދެއްކި ގޮތުގައި ކީމޯތެރަޕީގެ ފަރުވާގެ އެއްވެސް އަސަރެއް އޭނާ އަށް ނުކުރެ އެވެ. އަދި ނޭވާލާ ނިޒާމުގެ އިންފެކްޝަނެއް ވެސް އެބަހުއްޓެވެ.
އެހެންވެ އުމުރުން 82 އަހަރުގެ ޕެލޭ އަށް ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން، މަރުގެ ވަގުތު ޖެހެންދެން އޭނާ "އެންޑް އޮފް ލައިފް ކެއާ" އަށް ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ތަދުކަނޑުވައި ނޭވާލާން ފަސޭހަކޮށްދީ އެޑްމިޓްކޮށްފައި ބޭއްވުމެވެ.
އެކަމަކު ޕެލޭ އަށް ފަރުވާ ދެމުން އަންނަ ސައޮ ޕޯލޯގެ އަލްބަޓް އެއިންސްޓެއިން ހޮސްޕިޓަލުން އެ ވާހަކައާ މެދު އެއްޗެއް ނުބުނެ އެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ހަމައެކަނި ބުނީ ފަރުވާ އަށް އޭނާގެ ހަށިގަނޑު ގުޑާ ކަމަށާއި މިދިޔަ 24 ގަޑިއިރު ހާލަތު އިތުރަށް ގޯސްނުވާ ކަމަށެވެ.
ޕެލޭގެ ސޯޝަލް މީޑިއާ އެކައުންޓުން ނެރުނު ބަޔާނެއްގައި އޭނާ ބުނީ އެންމެން ޕޮޒިޓިވް ވިސްނުމެއްގައި، ހަމަޖެހިލައިގެން ތިބެން އެދޭ ކަމަށެވެ.
"އަހަރެން މިހިރީ ވަރުގަދަކޮށް. އެހެން ދުވަސްތަކެކޭ އެއް ފަދައިން އަހަރެން މި އަންނަނީ ފަރުވާ ފުރިހަމަކުރަމުން، އަދި މިހިރީ ވަރަށް އުއްމީދާ އެކު،" އޭނާ ބުންޏެވެ.
ޕެލޭ އަކީ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ އެ މުބާރާތް ކާމިޔާބުކުރީ 1958، 1962 އަދި 1970 ގަ އެވެ. ބްރެޒިލް ގައުމީ ޓީމަށް 1957 އިން 1971 އަށް އޭނާ ވަނީ 92 މެޗުން 77 ގޯލް ޖަހައިދީފަ އެވެ. އަދި ބްރެޒިލްގެ ސަންތޯސް އާއި އެމެރިކާގެ ނިއުޔޯކް ކޮސްމޯސްގައި ހޭދަކުރި ކެރިއަރުގައި ޖުމްލަ 1000 އަށް ވުރެ ގިނަ ގޯލް ޖެހި އެވެ.
ފަހަކަށް އައިސް އާއްމުންގެ ތެރެއިން ނުފެނުނަސް ޕެލޭ ސޯޝަލް މީޑިއާގައި އެކްޓިވް އެވެ. އެގޮތުން ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލް ޓީމަށް ކާމިޔާބީއަށް އެދިފައިވެ އެވެ.
ޕެލޭގެ ހާލަތު ގޯސްވުމާ ގުޅިގެން ވަރަށް ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ. އޭގެ ތެރެގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ވަރަށް ގިނަ ކުޅުންތެރިން ހިމެނެ އެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް މިހާތަނަށް ކުޅުނު މެޗުތަކުގެ ކުރިން އެ ގައުމުގެ ސަޕޯޓަރުން ވެސް ވަނީ ދަނޑުގައި ޕެލޭ އަށް ހެޔޮއެދުމުގެ މެސެޖްތައް ފޮނުވައިފަ އެވެ.
ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ
ކެންސަރު ބަލީގައި ޕެލޭ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ
ރެކޯޑް މުގުރާލުމުން ޕެލޭގެ ތައުރީފް ރޮނާލްޑޯ އަށް
މަރަކާނާ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރަނީ
ރޮނާލްޑޯގެ ދެ ކްލަބް ވިއްކާލަން އުޅޭތީ ފޭނުން ރަތަށް
އުމުރުން 58 އަހަރުގައި ރޮމާރިއޯ އަލުން ދަނޑަށް
އުމުރުން 17 އަހަރުގައި އެންޑްރިކް ފަސްވަނަ ތަށި
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި
ވިނީގެ ފިލްމް ނަގަން ނެޓްފްލިކްސްގެ ކެމެރާ ނުވެއްދި
ބްރެޒިލްގެ ކޯޓުން އެފްއޭގެ ރައީސް މަގާމުން ދުރުކޮށްފި