29 ނޮވެމްބަރ 2022
ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި އެފްއޭ ކަޕް ގެ ތިންވަނަ ބުރުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.
ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި އެފްއޭ ކަޕް ގެ ތިންވަނަ ބުރުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.
ޗެލްސީ ވަނީ ފާއިތުވި ތިން ސީޒަންގައި ވެސް އެފްއޭ ކަޕްގެ ފައިނަލް ކުޅެފަ އެވެ. ނަމަވެސް ތިން ފައިނަލް ގައި ވެސް ވަނީ އާސެނަލް އާއި ލެސްޓާ ސިޓީ އަދި ލިވަޕޫލް އަތުން ބަލިވެފަ އެވެ. މިދިޔަ ސީޒަންގެ އެފްއޭ ކަޕް ފައިނަލަށް ޗެލްސީ ދަތުރުކުރީ ސިޓީ ބަލިކޮށްފަ އެވެ.
ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީ ވަނީ ވޯލްޑް ކަޕް މުބާރާތަށް އިނގިރޭސި ސީޒަން މެދުކަނޑާލުމުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އަދި މި މަހު ކުޅުނު އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީ ވަނީ ޕެޕް ގާޑިއޯލާގެ ސިޓީ އަތުން 2-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 20 ޓީމާއި، ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ 24 ޓީމު ހިމަނައިގެން އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ ގުރު ނެގީ ރޭގެ ވަގުތެއްގަ އެވެ. ތިންވަނަ ބުރުގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.
ޗެލްސީ ބަލިކޮށް މިދިޔަ ސީޒަންގެ އެފްއޭކަމް ކާމިޔާބުކުރި ލިވަޕޫލް ކުޅެން ޖެހޭނީ ވުލްވްސް އާ ދެކޮޅަށެވެ. އަދި އާސެނަލް މި ބުރުގައި ވާދަކުރަން ޖެހެނީ ތިންވަނަ ޑިވިޝަންގެ އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށެވެ.
މި ސީޒަންގައި ބޮޑު ކުރިއެރުމެއް ހޯދައި އިނގިރޭސި ލީގުގައި މިވަގުތު ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވާދަކުރާނީ ޝެފީލްޑް ވެނިސްޑޭއާ ދެކޮޅަށެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ކުޅޭނީ ޕޯޓްސްމަތާ ދެކޮޅަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް، ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕް ގައި އޭނާގެ ފުރަތަމަ ތަޖުރިބާ އޮތީ އެވަޓަންއާ ދެކޮޅަށެވެ.
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ސިޓީން ޗެލްސީ ރޮއްވާލައިފި، ޕޮޓާ ޕްރެޝަރުގައި
ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ
ނޮޓިންހަމް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި
ޗެލްސީ، ޓޮޓެންހަމް އަދި ސިޓީ ވެސް ފަސްވަނަ ބުރަށް
ސިޓީ ބަލިކޮށް، ޗެލްސީ ފައިނަލަށް
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
މެންޗެސްޓާ ސިޓީ އާއި ޗެލްސީ ފަސް ވަނަ ބުރަށް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް