ގާހިރާ (ޖޫން 8) - ގާހިރާ އިން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރި އިޖިޕްޓްއެއާގެ މަތިންދާ ބޯޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރަކާ ގުޅިގެން ކުއްލި ހާލަތުގައި އުޒްބެކިސްތާނަށް އެ ބޯޓު ޖައްސައިފި އެވެ.
08 ޖޫން 2016
ގާހިރާ (ޖޫން 8) - ގާހިރާ އިން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރި އިޖިޕްޓްއެއާގެ މަތިންދާ ބޯޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރަކާ ގުޅިގެން ކުއްލި ހާލަތުގައި އުޒްބެކިސްތާނަށް އެ ބޯޓު ޖައްސައިފި އެވެ.
ބޯޓު ޖެއްސުމާ އެކު އެއާބަސް އޭ330 ބޯޓުގައި ތިބި 118 ޕަސިންޖަރުންނާއި 17 ފަޅުވެރިން ވަނީ ބާލައިފަ އެވެ. އުޒްބެކިސްތާނުގެ ސަލާމަތީ އޮފިޝަލުން ބޯޓަށް އަރާ ފާސްކުރި އިރު ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.
އިޖިޕްޓް އެއާގެ ޗެއާމަން ސަފްވަތު މުއްސަލަމް ވިދާޅުވީ ގޮތް ނޭނގޭ ފަރާތަކުން މިސްރުގެ ސަލާމަތީ އެޖެންޓުންނަށް ފޯނު ކުރުމަށް ފަހު ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވަގުތުން އެންމެ ކައިރި އެއާޕޯޓެއްގައި ބޯޓު ޖެއްސުމަށް ޕައިލެޓަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. ހަތަރު ގަޑިއިރުވަންދެން ބޯޓު ބަލާ ފާސްކުރުމަށް ފަހު ގޮވާ ތަކެތި ފެނިފައި ނުވާތީ ދަތުރު ފެށުމުގެ ހުއްދަ ވަނީ ދީފަ އެވެ. ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނެފައި ވަނީ މިއީ ފޭކް އިންޒާރެއް ކަމަށެވެ.
މީގެ ތިން ހަފުތާ ކުރިން ވަނީ 66 މީހުންނާ އެކު ޕެރިހުން ފުރައިގެން ގާހިރާ އަށް ދަތުރުކުރި އިޖިޕްޓް އެއާގެ މަތިންދާ ބޯޓެއް މެޑިޓެރޭނިއަން ކަނޑަށް ވެއްޓިފަ އެވެ. މި ބޯޓު ވެއްޓުނު ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިސްރުގެ އޮފިޝަލުން ބުނެފައި ވަނީ ބޯޓު ވެއްޓުނު ކަމަށް ލަފާކުރެވެނީ ޓެކްނިކަލް މައްސަލައަކަށް ވުރެ ބޮޑަށް ޓެރަރިސްޓް ހަމަލާއަކުން ކަމަށެވެ. ބޯޓު ވެއްޓުނު ހާދިސާ ތަހްގީގު ކުރަމުންދާ ފްރާންސްގެ ޓީމުން މިދިޔަ ހަފުތާގައި ވަނީ ބޯޓުގެ ކަޅުފޮށީގެ ސިގްނަލް ލިބެން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
މިދިޔަ މާޗް މަހު ވަނީ އިޖްޕްޓް އެއާގެ މަތިންދާ ބޯޓެއް ހައިޖެކްކޮށްގެން ސައިޕްރަސް ގެންގޮސްފަ އެވެ. މި ބޯޓު ހައިޖެކް ކުރުމަށް ބޭނުންކުރީ ގޮވާ ތަކެތީގެ ފޭކް ބެލްޓެކެވެ. ސައިޕްރަސްގައި ބޯޓު ޖެއްސުމާ އެކު ޕަސިންޖަރުންނާއި ފަޅުވެރިން ވަނީ ދޫކޮށްލައިފަ އެވެ.
ނައިބު ރައީސް ދަތުރުކުރި ފްލައިޓަކަށް ބޮމުގެ އިންޒާރެއް
ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން ބަޔަކު ހައްޔަރު
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
އިޒްރޭލުން ހަމަލާދެނީ ޣައްޒާއިން މީހުން ބާލަން: މިސްރު
ވައުދާ ޚިލާފުވުމުގައި މިވަރެއް ނެތް
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ
ޣައްޒާ ހުސްކުރަން ޓްރަމްޕް ސީސީއަކަށް ނުގުޅާ: މިސްރު