28 ނޮވެމްބަރ 2022
ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) ގެ އެހީދިނުމަށް މިއަދު ނިންމައިފި އެވެ.
ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) ގެ އެހީދިނުމަށް މިއަދު ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ އެމެރިކާއިން އެހީދެނީ އެ ގައުމާއި ރާއްޖެއާ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި ނުވަ ވަނަ އިސްލާހުގެ ދަށުން ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއު އެވެ.
މާޗު 12، 2019 ގައި ހެދި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެއްބަސްވުމަކީ ތަރައްގީގެ ދާއިރާއިން ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް އަށް އިސްލާހެއް ގެނެސްފައިވާއިރު، އެހީގެ ގޮތުގައި އެމެރިކާއިން ރާއްޖެއަށް މިހާތަނަށް 25.94 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ތިން މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައި ވަނީ ރާއްޖޭގެ މާލިއްޔަތު ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި އިގުތިސާދާ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށެވެ.
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައިފި
ޒަމީރު ރަސްމީ ދަތުރެއްގައި އެމެރިކާ އަށް
އެމެރިކާ އިން ރާއްޖެއަށް އިތުރު 8މިލިއަން ޑޮލަރު ދީފި
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
އިގުތިސޯދު ފުޅާކުރަން ޔޫއެސްއެއިޑާއެކު މަޝްވަރާކޮށްފި
ދިވެހިންނަށް އެމެރިކާ ވިސާ ފަސޭހަ ކުރަން މަޝްވަރާކޮށްފި
ހަމަލާ ހުއްޓުވާ ގަރާރު ވީޓޯ ކުރުމުން ކަންބޮޑުވުން!
އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް އަލަށް ސަފީރެއް
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވައިފި
އެމެރިކާ އިން ރާއްޖެއަށް ހާއްސަ ސަފީރެއް އައްޔަންކުރަނީ