އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
28 ނޮވެމްބަރ 2022
އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައި ބުނީގެ ފުލުހުންގެ އެދުމުގެ މަތިން އައްޑޫގައި ހަދަން ނިންމާފައިވާ ރީޖަނަލް ހެޑްކުއާޓަރު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ މާލެ އިން ބޭރު ރަށެއްގައި ހަދާ ފުލުހުންގެ ފުރަތަމަ ރީޖަނަލް ހެޑްކުއާޓަރަށް ވާނެ އެވެ.
އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށަކާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހޭ ކަމަށް އިއުލާނުގައި ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، އައްޑޫގައި ހަދަން ނިންމާފައިވާ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 200،000ރ. ދައްކަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ބުންޏެވެ.
އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމާފައިވާއިރު، އެ ސިޓީގައި މިހާރު ވެސް ފުލުހުންގެ ވަރަށް ގިނަ މަރުކަޒުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި، ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ހިމެނެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކެޑަމީ ވެސް މި އަހަރު ހުޅުވި އެވެ.
ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ
އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
196 ފުލުހަކު އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފި
"އިހްތިރާމު ގެއްލުވާލުން ފުލުހުންނަށް ޑިޒާވް ނުވޭ"
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
އައްޑޫ ބްރިޖްގައި އެކްސިޑެންޓެއް، އެކަކަށް ފަރުވާދެނީ
ޝަންގްރިއްލާ ރިސޯޓު މައްސަލައިގައި އަނެއްކާ މަޝްވަރާ
އައްޑޫގެ ކުޅިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި