27 ނޮވެމްބަރ 2022
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް މިހާރު ފަށާފައިވާ ޅ. އަތޮޅުގެ ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު ޕްލޭނިން މިނިސްޓްރީން އިތުރުކޮށްފި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް މިހާރު ފަށާފައިވާ ޅ. އަތޮޅުގެ ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު ޕްލޭނިން މިނިސްޓްރީން އިތުރުކޮށްފި އެވެ.
ޅ. އަތޮޅު ފެރީ ދަތުރުތައް ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ކުރިން ނިންމާފައި އޮތީ މާދަމާއިން ފެށިގެން ދަތުރުތަކަށް އަގު ނަގާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހިލޭ ދަތުރުކުރާ މައްދަތު އިތުރުކުރީ އާރުޓީއެލްގެ ދަތުރުތައް ޅ. އަތޮޅުގައި ފުރަތަމަ ފުޅާކުރަން ކަމަށެވެ. އަގު ނަގައިގެން ދަތުރުތައް ފަށާ ތާރީހެއް އެ މިނިސްޓްރީން އަދި ކަނޑައެއްނާޅަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 11،000 މީހުން ހިމެނޭ ޅ. އަތޮޅުގެ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ ދެ ލޯންޗެވެ. މި ދަތުރުތައް ތިން ރޫޓަކަށް ބަހާލާފައިވާ އިރު އޭގެ ތެރެއިން އެއް ރޫޓު ހާއްސަކޮށްފައި ވަނީ އެއާޕޯޓުގެ ދަތުރުތަކަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ދަތުރުތަކަށް އަގުނަގަން ފަށާނީ ރޫޓުތަކަށް އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އެވެ.
އާރްޓީއެލް ފެރީގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެ ދަތުރުތަކޭ އެއްގޮތަށް، ޅ. އަތޮޅުގެ ދަތުރުތައް ވެސް ފަށާނީ ކޮޅަކަށް 35ރ. އާއި 125ރ. ދެމެދުގެ އަގުތަކަކުންނެވެ.
ތިން އަހަރުން ދަށުގެ ކުދިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާރްޓީއެލް ފެރީގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ އެވެ.
ހެޔޮއަގުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ލޯންޗު ފެރީން ގުޅާލަދޭ އާރުޓީއެލް ފެރީގެ ހިދުމަތަކީ 800 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ހޭދަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، މިދިޔަ އޮގަސްޓް މަހުގެ ތެރޭ ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމުން ގުޅާލައިފަ އެވެ. މި ދަތުރުތަކަށް ޖުމްލަ 17 ލޯންޗެއް ބޭނުންކުރެ އެވެ.
ޅ. އަތޮޅު ފެރީ ހިދުމަތުން އަގު ނަގަން ފަށަނީ
އާރްޓީއެލް ސްޕީޑް ފެރީ ހިދުމަތް ޅ. އަތޮޅުގައި ފަށަނީ
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ފެރީ އާދިއްތަ ދުވަހު ހއ. ގައި ފަށަނީ
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި
ހައިސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ ލޯންޗް ޓެސްޓްކުރަނީ
އެމްޓީސީސީ ސަލާމަތްކުރަން ދަތުރުފަތުރަށް އާ ކުންފުންޏެއް
ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީ ފަށައިފި
ފެރީގެ ހިދުމަތްދޭ ނުވަ އަތޮޅުގައި ނަގާ އަގު ބޮޑެއް ނޫން
ފެރީގެ ހިދުމަތް ހަމައެކަނި އެމްޓީސީސީ އަށް