Roadha Mihaaru
އާރްޓީއެލް ފެރީ އާދިއްތަ ދުވަހު ހއ. ގައި ފަށަނީ

އާރްޓީއެލް ފެރީ އާދިއްތަ ދުވަހު ހއ. ގައި ފަށަނީ

24 ޖޫން 2022

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް "އާރްޓީއެލް" ގެ ސްޕީޑް ފެރީގެ ހިދުމަތް ހއ. އަތޮޅުގައި އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް "އާރްޓީއެލް" ގެ ސްޕީޑް ފެރީގެ ހިދުމަތް ހއ. އަތޮޅުގައި އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ހއ.ގެ ދަތުރުތަކަށް ބޭނުންކުރާ ލޯންޗު ފެރީތައް މިއަދު ހެނދުނު ވަނީ އެ އަތޮޅަށް ދާން މާލެއިން ފުރައިފަ އެވެ. ހއ. އަތޮޅުގެ ފެރީގެ ހިދުމަތަށް ފަސް ލޯންޗު ބޭނުންކުރާނެ އެވެ.

އަށް ރޫޓަކަށް ބަހާލައިގެން ހއ. ގެ ދަތުރުތައް ކުރަން ހަމަޖެހިފާވާއިރު އޭގެ ތެރެއިން އިހަވަންދޫ އަދި ދިއްދޫން ސީދާ ދަތުރުތައް، އުތުރެ ވިޔަފާރީގެ ހަބު ކަމަށްވާ ހދ. ކުޅުދުއްފުށްޓަށް ކުރާނެ އެވެ. އަދި ދިއްދޫން ހދ. ހަނިމާދޫއަށް ވެސް ސީދާ ދަތުރުތައް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ހއ. ގެ އާރްޓީއެލް ހަބް ދިއްދޫ އަށް، އަތޮޅުތެރޭގެ ފަސް ރޫޓަކުން ދަތުރުތައް ކުރާނެ އެވެ.

އެމްޓީސީސީ މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް، އަލަށް ފަށާ ދަތުރުތަކާ ބެހޭ ގޮތުން މީޑިއާއާ ވާހަކަދައްކަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޓީސީސީ މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް، އަލަށް ފަށާ ދަތުރުތަކާ ބެހޭ ގޮތުން މީޑިއާއާ ވާހަކަދައްކަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވީ ކަސްޓަމަރުންނަށް ފެރީގެ ހިދުމަތް ތަޖުރިބާކުރުމަށް ފުރުސަތު ދިނުމުގެގޮތުން، މިމަހު ހުރިހާ ދަތުރެއް ހިލޭ ކުރެވޭނެކަމަށެވެ.

"އާދިއްތަދުވަހު ހެނދުނު ރަސްމީކޮށް ދަތުރުތައް ފަށާނީ. ނަމަވެސް، ޓިކެޓަށް ރުފިޔާ ނަގަންފަށާނީ އަންނަ މަހުން ފެށިގެން" ފާރިގް ވިދާޅުވި އެވެ.

ހއ. އަތޮޅުގެ ދަތުރުތަކާ ބެހޭ ގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް "މިހާރު" އަށް ވިދާޅުވީ ހިލޭ ކުރާ ޓްރައިލް ދަތުރުތަކުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

އާރްޓީއެލް ލޯންޗު ފެރީގެ އެތެރޭގެ ފޮޓޯއެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލް ލޯންޗު ފެރީގެ އެތެރޭގެ ފޮޓޯއެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

"މިމަހު ކުރާ ޓްރަޔަލް ދަތުރުތަކުގައި ވީހާވެސް ގިނަ ރައްޔިތުންނެއް ބައިވެރިވެ، ލޯންޗު އަދި ދަތުރުތަކުގެ މައުލޫމާތު އޮޅުންފިލުވައި ކައުންސިލްތަކާއި އެމްޓީސީސީއާ ގުޅިގެން މަސައްކަތް ކޮށްދޭން އެދެން" ޝަފީގް ވިދާޅުވި އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހި (ޒޯން 1) ގަ ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ހިދުމަތް ދިނުން އަންނަ މަސް ނިމެންވާއިރަށް ފެށޭނެ ކަމަށް އެމްޓިސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ ށ. އަތޮޅަށް ބޭނުންވާ ލޯންޗު ފެރީތަކުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އާރްޓީއެލްގެ ލޯންޗު ފެރީގެ އެތެރެ. ---ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލްގެ ލޯންޗު ފެރީގެ އެތެރެ. ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ދަތުރުތަކާ އެކު ޒޯން 1 ގެ ހުރިހާ ރަށްތަކަކަށް ހެޔޮއަގުގައި ދަތުރުކުރެވޭނެ އެވެ. އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދު އެވެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތައް އުޅެނީ ކޮޅަކަށް 100ރ. އާއި 150ރ. އާ ދެމެދުގަ އެވެ. އެ ޒޯނުގައި 17 ލޯންޗު ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖޭގެ ހުރިހާ އަތޮޅެއް އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން ގުޅާލާނެ އެވެ. މިއީ 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެކެވެ.

އާރްޓީއެލް ފެރީގައި، ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން ލޯންޗަށް އަރައި ފައިބަން ބޭނުންކުރާ ގޮނޑިތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލް ފެރީގައި، ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން ލޯންޗަށް އަރައި ފައިބަން ބޭނުންކުރާ ގޮނޑިތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ލޯންޗުތަކަކީ އޭސީ ކޮށްފައި ހުންނަ، އިށީނދެ ތިބެން އަރާމު ސީޓުތަކަކާ އެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ލޯންޗަށް އަރައި ފޭބޭނެ އަދި އެ މީހުންނަށް ފަސޭހައިން ފާހާނާ ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ލޯންޗުތަކެއްކަމަށް އެމްޓީސީސީން ބުންޏެވެ.