25 ނޮވެމްބަރ 2022
ލުސައިލް (ނޮވެމްބަރު 25) - ވޯލްޑް ކަޕުގައި ރޭ ގާނާ އާ ދެކޮޅަށް ޕޯޗުގަލް އަށް ދިން ޕެނަލްޓީ އަކީ މެޗުގެ ރެފްރީ ދިން ހަދިޔާއެއް ކަމަށް ގާނާގެ ކޯޗު އޮޓާ އޮޑާ ބުނެފި އެވެ.
ލުސައިލް (ނޮވެމްބަރު 25) - ވޯލްޑް ކަޕުގައި ރޭ ގާނާ އާ ދެކޮޅަށް ޕޯޗުގަލް އަށް ދިން ޕެނަލްޓީ އަކީ މެޗުގެ ރެފްރީ ދިން ހަދިޔާއެއް ކަމަށް ގާނާގެ ކޯޗު އޮޓާ އޮޑާ ބުނެފި އެވެ.
އެ ޕެނަލްޓީން ގޯލް ޖަހި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، ފޯސް ވޯލްޑް ކަޕުގައި ގޯލް ޖެހި ހަމަ އެކަނި ކުޅުންތެރިޔާ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ދެވަނަ ހާފުގައި ޕެނަލްޓީ ދިނީ، ގާނާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރޮނާލްޑޯ އަށް ބޯޅަ ލިބުނަ ނުދޭން ގާނާގެ ޑިފެންޑަރު މުހައްމަދު ސަލިސޫ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޯ ވެއްޓުމުންނެވެ.
މެޗަށް ނުކުތް އެމެރިކާގެ ރެފްރީ ވަގުތުން ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ގާނާގެ ކުޅުންތެރިން ވަނީ، ވީއޭއާރް މެދުވެރިކޮށް ބެލުމަށް ވެސް އެޕީލް ކޮށްފަ އެވެ. އެކަމަކު ރެފްރީ އެކަން ބަލައެއް ނުގަތެވެ.
"ކޮންމެ ވެސް މީހަކު ގޯލެއް ޖަހައިފިއްޔާ މަރުހަބާ. އެކަމަކު މިއީ ހަދިޔާއެއް. ދިން ހަދިޔާއެއް. އިތުރަށް އަހަރެން ކީކޭ ބުނާނީ. އެއީ ރެފްރީ ދިން ހާއްސަ ހަދިޔާއެއް،" އޮޑާ ބުންޏެވެ.
އޭނާ ބުނީ ސަލިސޫ ރޮނާލްޑޯ އަށް ފައުލު ނުކުރާ ކަމަށެވެ. ގާނާ މެޗުން ބަލިވީ ރޮނާލްޑޯގެ އެ ޕެނަލްޓީގެ ސަބަބުންތޯ ސުވާލު ކުރުމުން އޮޑާ ބުނީ މެޗުން ބަލިވީ ރެފްރީގެ ސަބަބުން ކަމަށެވެ.
"އަހަންނަށް ހީވަނީ އެއީ ހަގީގަތުގައި ވެސް ގޯސް ނިންމުމެއްހެން. އަހަންނަކަށް ނޭނގެ ވީއޭއާރް ނުބެލީ ކީއްވެގެން ކަމެއް. އަހަންނަށް ވެސް އެއްވެސް ކަމެއް އޮޅުންފިލުވައި ނުދޭ. ވޯލްޑް ކްލާސް ޓީމަކުން ލީޑްގައި އޮންނަ އިރު ދެން އޮންނަ ޓީމަށް ކުރިއަށްދާން އުނދަގޫ ވާނެ،" ގާނާ ގޮވައިގެން ފުރަތަމަ އޭނާގެ ފުރަތަމަ ވޯލްޑް ކަޕަށް ނުކުތް ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
އޭނާ ބުނީ މެޗުގެ ރެފްރީ އިސްމާއީލް އެލްފަތު އާ ބައްދަލު ކުރަން މެޗު ނިންމާފައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ މަގުބޫލު؛ ޕޯޗުގަލް އަށް އޭނާ މުހިންމުތަ؟
ލަނޑު ޖެހިކަމަށް ހެދިގެން އުޅުމުން ރޮނާލްޑޯ ޖޯކަކަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ކީޕަރު ޑިއޭގޯ ކޮސްޓާ، ޕޯޗުގަލް ގޮވައިގެން ކުއާޓާ
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
އުމުރުން 39، އަދިވެސް އަހަރެން ފިޓް: ރޮނާލްޑޯ
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން
ރޮނާލްޑޯ ނެތި ޕޯޗުގަލް މާ ވަރުގަދަ
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ޕޯޗުގަލް ލީގުގައި ކޮންމެ ގޯލަކަށް 200 ގަސް އިންދަނީ