Roadha Mihaaru
ރޯވި ބޯޓުން ގެއްލުނު މީހުން ފެނިއްޖެ

ރޯވި ބޯޓުން ގެއްލުނު މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި ރޯވެ އޮޔާދަނިކޮށް ފެނިއްޖެ ކަމަށާއި އެ ބޯޓުގައި ތިއްބާ ގެއްލިގެން ހޯދަމުން ދިޔަ 10 މީހުން ފެނިއްޖެ ކަމަށް ކޯސްޓްގާޑުން ދެންމެ ބުނެފި އެވެ.

ރާއްޖޭގެ މަސްބޯޓެއްގައި ރޯވެ އޮޔާދަނިކޮށް ފެނިއްޖެ ކަމަށާއި އެ ބޯޓުގައި ތިއްބާ ގެއްލިގެން ހޯދަމުން ދިޔަ 10 މީހުން ފެނިއްޖެ ކަމަށް ކޯސްޓްގާޑުން ދެންމެ ބުނެފި އެވެ.

ރޭގައި ރޯވި މި ބޯޓުގައި ތިބި މީހުން ފެނުނީ މިއަދު 4:30 ހާއިރު އެ ސަރަހައްދުގައި އޮތް "ސްޕެއާ 10" ނަމަކަށް ކިޔާ ބޯޓަކަށެވެ. އެކަމަކު އެ މީހުން ފެނުނު ގޮތާ ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ. އެއީ ދިވެއްސަކާއި އިންޑޮނީޝިއާގެ ނުވަ މީހެކެވެ.

އީ-ފިޝް މާކެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މި ބޯޓު އޮތީ ގދ. ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުގަ އެވެ. އެއީ ރާއްޖޭގެ ސަރަހައްދަށް ވުރެ 43 ނޯޓިކަލް މޭލު ބޭރެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ބޯޓުގެ އެއްބައި ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި މިހާތަނަށް ބޯޓުން އެއްވެސް މީހަކު ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ބޯޓުން ދުން އަރާތަން މިހާރު ވެސް ފެންނަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.