ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓޫރިޒަމަށް ހާއްސަ ފެކަލްޓީ އިންޓަނޭޝަލް ފެންވަރުގައި އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑެޕިއުޓީ ޗާންސެލާ ޑރ. މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
19 ނޮވެމްބަރ 2022
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓޫރިޒަމަށް ހާއްސަ ފެކަލްޓީ އިންޓަނޭޝަލް ފެންވަރުގައި އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑެޕިއުޓީ ޗާންސެލާ ޑރ. މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުންފާހަގަ ކުރުމަށް އެމްއެންޔޫ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މިއަދު ބޭއްވި ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޝަރީފު ވިދާޅުވީ އެ ޔުނިވާސިޓީގެ އަމާޒަކީ ޓޫރިޒަމް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ލިބޭ ސެޓްފިކެޓަކީ މުޅި ދުނިޔޭގައި ބަލައިގަންނަ ސެޓްފިކެޓަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިރު، ތައުލީމީ ގާބިލް ބަޔަކު އެ ދާއިރާއަށް ނެރުމަކީ އެ ޔުނިވާސިޓީގެ މަގުސަދު ކަމަށް ވެސް ވިދާޅުވި އެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އެމްއެންޔޫ އިން ބޭއްވި ހިނގާލުމުގައި ދަރިވަރުންގެ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތަކާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެންޔޫއިން ބޭއްވި ހިނގާލުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މިނިސްޓްރީގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބައެއް ކުންފުނިތަކާއި ޖައްމިޔާތަކާއި މާލޭގެ އެކި ސްކޫލުތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ހިނގާލުމުގައި ދަރިވަރުން ވަނީ ޓޫރިޒަމް ދާއިރާ އާއި ތިމާވެއްޓާއި ގުޅުން ހުރި އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ބޭނުންކޮށްފަ އެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގައި އެމްއެންޔޫގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރާއި، މިނިސްޓްރީގެ ވެރިން ވެސް ބައިވެރިވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ހިނގާލުމުގައި ދަރިވަރުންގެ ހިތްތަކުގައި ޓޫރިޒަމް ދާއިރާއަށް ލޯބި ޖައްސައި އެ ދާއިރާއަށް އަހުލުވެރިކުރުވައި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ގޮތުން އެމްއެންޔޫއިން ތައުލީމު ހާސިލުކޮށް މިހާރު ޓޫރިޒަމްގެ ދާއިރާގައި އުޅޭ ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
އެ ހިނގާލުން ނިންމާލުމަށް ފަހު ދަރިވަރުންނާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް 50 އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އުޖާލާކޮށްދިނުމުގެ މަސައްކަތުގައި ދަރިވަރުން ބައިވެރިވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވ ހިނގާލުމުގައި "ވަން ޝޮޓް" އިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ހުށަހަޅައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެންޔޫގެ މައި މަރުކަޒުން ފެށި ހިނގާލުން ނިންމާލާފައި ވަނީ ސޯޝަލް ސެންޓަރަށެވެ. އެ ހިނގާލުމުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަޔަ އެންޑް ރެސްކިއު ސްޓޭޝަން ސަރަހައްދުގައި ބައިވެރިން މަޑުކޮށް، ވަން ޝޮޓްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވަނީ ދައްކާލާފަ އެވެ. ހިނގާލުން ނިންމާލީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކޮށް ކޭކެއް ފަޅައި ވަން ޝޮޓާ އާއި އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަންގެ ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތަކަކުންނެވެ.
ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަނީ
ޓޫރިޒަމްގެ ވިޔަފާރިތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ކެލާ ފަޅުގައި ރިސޯޓްހަދަން ލުއިދީ އަލުން އިއުލާންކުރަނީ
ހަންކެޑެ އެންމެ ފަހުން ހަލާލު ޓޫރިޒަމަށް
ހަލާލު ޓޫރިޒަމަށް 6 ރަށެއް، އަގުތައް މިލިއަނުން ތިރި
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ރިސޯޓުތައް މަދު އަތޮޅުތަކަށް ހާއްސަ މަސައްކަތް ފަށަނީ
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް