ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ އަށް މިއަދު ނުކުމެއްޖެ އެވެ.
14 ނޮވެމްބަރ 2022
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ އަށް މިއަދު ނުކުމެއްޖެ އެވެ.
އެ ކޯލިޝަންގެ މަދު ބައިވެރިންތަކެއް މެންދުރު ފަހު ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ، ޓެކްސް ބިލު ފާސްނުކުރުމަށް ދަނީ ގޮވާލަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ އެ މުޒާހަރާގެ ބައިވެރިން މަޖިލިސްކުރާ ގެއާ ދުރަށް ޖައްސައިފަ އެވެ. އަދި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޓެކްސް ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލިސް ކައިރިއަށް އިދިކޮޅުގެ މީހުން އެއްވެގެން -- ފޮޓޯ: މިހާރު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.
މިދިޔަ ހަފުތާގައި މަޖިލީހުގެ ކޮމެޓީން ފާސްކުރި އެ ބިލުގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ޓެކްސް ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވި އިދިކޮޅުގެ މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: މިހާރު
ޓެކްސް ބޮޑުކުރާ ބިލާ ގުޅިގެން މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ގިނަ ދެބަސްވުންތަކެއް ވެސް ހިނގި އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ބުނެފައި ވަނީ ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންގެ ބަހެއް ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނަނީ ޓެކްސް ބޮޑުނުކޮށް ގައުމު ހިންގެން ނެތް ކަމަށެވެ. ސަބަބަކީ ދައުލަތުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވުމެވެ. އޭގެ ޖަވާބުގައި މަޖިލީހުގެ މެމްބަރުން ބުނަމުން އަންނަނީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ހަރަދުތައް ހަމަޖެއްސުމަށެވެ.
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ޕީޕީއެމާއި ޑިމޮކްރެޓްސް އެކުގައި މުޒާހަރާއަށް!
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
ޕީޕީއެމްގެ ޕީޖީ ގުރޫޕާއެކު މަސައްކަތް ކުރުމުގެ ދައުވަތު
ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ޝިޔާމް ހައްޔަރުކުރީ ޒިންމާއިން ރެކެން: ޕީޕީއެމް
ކުއްލި މައްސަލަ ހުށަހަޅަނީ ސަރުކާރަށް އެއްޗެހި ކިޔަން
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!