20 ޖޫން 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބާއްވާ މުޒާހަރާތަކުގައި އެމްޑީޕީން ވަކިވެ އަލަށް އުފައްދަން އުޅޭ ޕާޓީ، ޑިމޮކްރެޓްސް އިން ބައިވެރިވާން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބާއްވާ މުޒާހަރާތަކުގައި އެމްޑީޕީން ވަކިވެ އަލަށް އުފައްދަން އުޅޭ ޕާޓީ، ޑިމޮކްރެޓްސް އިން ބައިވެރިވާން ފަށައިފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ސިލްސިލާކޮށް އެ ޕާޓީން މުޒާހަރާތައް ބާއްވަ އެވެ. އެކަމަކު މިދިޔަ ދެ ރޭ ޕީޕީއެމުން ވަނީ ހަމަ އެ މަގުގައި ހުންނަ އެމްޑީޕީގެ ކުރީގެ ހަރުގެ އަދި މިހާރު ޑިމޮކްރެޓްސްގެ ހަރުގެ ދޮށަށް އެއްވެ، އެ ހަރަކާތުގެ މީހުންނާ އެކު މުޒާހަރާތަކުގައި ބައިވެރިވެފަ އެވެ.
"ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ" pic.twitter.com/XaAeZZjFHk
— Sanchez (@hassanshahydh) June 19, 2023
ލަވަ ޖަހައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ނެށުން ވެސް އެ ސަރަހައްދުގައި އޮވެ އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އަދި ނުދިން ނަމަވެސް، އެ ހަރަތާކުގެ ބައިވެރިން އަންނަނީ ސިޔާސީ ހަރަކާތްތައް ފުޅާކުރަމުންނެވެ. އެ ހަރަކާތުން ވެސް ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު ޖަގަހަ ޖަލްސާތަކާއި އެއްވުންތައް ބާއްވަ އެވެ.
އަވަހަށް ނިއްމާލާ. pic.twitter.com/irvVFbg9n9
— މަޑިސީލަ (@MadiseelaM) June 18, 2023
ރޭގެ މުޒާހަރާގައި އާންމުންނާއި ފުލުހުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި ބައެއް މީހުންނަށް ވަނީ އަނިޔާ ވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާ އިން ހަ މީހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން އެކަކު ވަނީ ރޭ ދޫކޮށްލައިފަ އެވެ.
Disturbing scenes of Maldives police using excessive force, pepper spraying and arresting peaceful protestors. Fundamental rights to peaceful assembly and freedom of expression must be respected. pic.twitter.com/A8QtID7RBv
— Progressive Party of Maldives (@ProgressPartyMV) June 19, 2023
ޕީޕީއެމް އިން ބުނި ގޮތުގައި، ރޭގައި ސުލްހަވެރިކޮށް އިދިކޮޅުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅާލައި ބައެއް މީހުންނަށް އަނިޔާކުރި އެވެ. އެ ޕާޓީގެ މެމްބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ މޫނާއި އަނގަޔަށް ޕެޕަ ސްޕްރޭ ޖެހުމުގެ ސަބަބުން ނޭވާލާން އުނދަގޫވެގެން އޭޑީކޭގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޕާޓީން ބުންޏެވެ.
Maldives Police used excessive force to dismantle the peaceful protest tonight pepper-spraying senior citizens walking by, protesters and even journalists at very close range resulting injuries to theirs eyes. Police may use force only when it is strictly necessary and tonight… pic.twitter.com/vG74DA6VSu
— Ahmed Shiyam (@Shiyamaldives) June 19, 2023
މުޒާހަރާގައި ބައިވެރިވި އާންމުންނަށް ވެސް ފުލުހުން ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް އިދިކޮޅުން ބުންޏެވެ.
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ޕީޕީއެމް އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރަނީ
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ޝިޔާމް ހައްޔަރުކުރީ ޒިންމާއިން ރެކެން: ޕީޕީއެމް
އިދިކޮޅުގެ މުޒާހަރާއިން މެމްބަރު ސައީދު ހައްޔަރުކޮށްފި
އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާކުރަނީ
އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި
ޓެކްސް ބިލުގެ މައްސަލާގައި އިދިކޮޅުން މުޒާހަރާ އަށް
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި