14 ނޮވެމްބަރ 2022
ލަންޑަން (ނޮވެމްބަރު 14) - ވޯލްޑް ކަޕަށް ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ކުރިން ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ފުލަމް ބަލިކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 14) - ވޯލްޑް ކަޕަށް ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ކުރިން ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ފުލަމް ބަލިކޮށްފި އެވެ.
މި މެޗުގެ ކުރިން ޔުނައިޓެޑް ވަނީ މިދިޔަ ހަފްތާ އާދިއްތަ ދުވަހުގެ ރޭ އެސްޓަން ވިލާ އަތުން ބަލި ވެފަ އެވެ. ނަމަވެސް ހަފްތާ ބަންދުގައި ވިލާއާ ދެކޮޅަށް ކުޅުނު ލީގް ކަޕް މެޗު އެޓީމުން ކާމިޔާބު ކުރި އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ވަނީ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. މި ލަނޑު 14 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއަން އެރިކްސަން އެވެ. މިއީ މި ސީޒަންގައި ޔުނައިޓެޑާ ގުޅުނު ފަހުން އެރިކްސަން ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އަދި އޭނާ ވެފައި ވަނީ، 1995 ވަނަ އަހަރު ޔޫއެފާ ކަޕް ގައި ގޯލްކީޕަރު ޕީޓާ ޝްމައިކަލް ގޯލް ޖެހި ފަހުން ޔުނައިޓެޑަށް ލަނޑު ޖަހައިދިން ޑެންމާކުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އެރިކްސަން (ކ)، އޭނާ ޔުނައިތެޑްގެ ޖޯޒީގައި ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ކުރިން ޔުނައިޓެޑަށް ކުޅުނު ވިންގާ ޑެނިއެލް ޖޭމްސް ދެ ވަނަ ހާފުގައި ފުލަމް އަށް ލަނޑު ޖަހައި އެއްވަރު ކޮށްދިނެވެ. މިއީ މިދިޔަ ސީޒަންގައި ލީޑްސް ޔުނައިޓެޑަށް ބަދަލުވެ، މި ސީޒަންގައި ލޯނު އުސޫލުން ފުލަމް އަށް ކުޅެމުން އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އެއްވަރުވާން ދިޔަ މެޗުގެ އެންމެ ފަހު ބޯޅައިގައި ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ އުންމީދީ ކުޅުންތެރިޔާ އަލެހަންދްރޯ ގަރްނާޗޯ އެވެ. މިއީ ސްޕެއިން އާއި އާޖެންޓީނާގެ ޒުވާޏް ގައުމީ ޓީމަށް ކުޅޭ ވިންގާ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާ އެކު ފަސްވަނައިގައި އޮތް ޔުނައިޓެޑް ވަނީ 14 މެޗުން 26 ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރު ވަނައިގައި ޓޮޓެންހަމް އޮތީ އެއް މެޗު އިތުރަށް ކުޅެގެން ތިން ޕޮއިންޓް ކުރީގަ އެވެ. ޔުނައިޓެޑާއި އެއް ވަނައިގައި އޮތް އާސެނަލް އާ ދެމެދު 11 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.
ފަޔަށް ދިމާވި އަނިޔާއަކާ ގުޅިގެން ފުލަމް އަށް މިހާތަނަށް 12 މެޗުން ނުވަ ލަނޑު ޖަހައިދީފައިވާ ސާބިއާގެ ސްޓްރައިކަރު އަލެކްސެންޑާ މިޓްރޮވިޗް މެޗުގައި ނުކުޅެ އެވެ. އޭނާ އަކީ ވޯލްޑް ކަޕް ގައި ފުރަތަމަ ބްރެޒިލް އާ ދެކޮޅަށް ކުޅެން ތައްޔާރު ވަމުން އަންނަ ސާބިއާގެ ޓީމުގެ އެންމެ ތަޖުރިބާކާރު ފޯވާޑެވެ.
ޔުނައިޓެޑްގެ 14 ކުޅުންތެރިއަކު ވޯލްޑް ކަޕް ގައި ޓީމުތަކާ ގުޅެން ހަމަޖެހިފައި ވާއިރު، ރޭގެ މެޗުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. އަދި ވޯލްޑް ކަޕް ސޮކޮޑުން ޖާގަ ގެއްލުނު ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ރޭ ވެސް ޔުނައިޓެޑްގެ ގޯލުގައި ތަފާތު މޮޅު ސޭވްތަކެއް ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ ވެސް ވަނީ 2-1 އިން ބްރައިޓަން ބަލި ކޮށްފަ އެވެ. ރަށުން ބޭރުގައި ކުޅުނު މެޗުގައި ވިލާ މޮޅުކޮށްދޭން ދެ ގޯލު ވެސް ޖެހީ ޑެނީ އިންގްސް އެވެ.
މެޗުގެ 49 ވަނަ ސިކުންތުގައި އަލެކްސިސް މެކް އަލިސްޓާ ބްރައިޓަން އަށް ލީޑު ނަގައިދިން ނަމަވެސް، 20 ވަނަ މިނިޓުގައި އިންގްސް އެއްވަރު ކޮށްދިނީ ޕެނަލްޓީއަކުންނެވެ. އަދި މޮޅުވި ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ.
މި ނަތީޖާއާ އެކު ވިލާ ވަނީ އާ ކޯޗު އުނެއި އެމެރީ އާއެކު ލީގުގައި ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށް، ލީގު ތާވަލްގެ 12 ވަނައަށް ޖެހިލައިފަ އެވެ.
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް
ބަލިވިޔަސް ޔުނައިޓެޑްގެ ބޮޑުމަންޒަރު އުޖާލާ: ޓެންހަގް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
އަހަރެއް ނުވަނީސް ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި
ފަހު ސިކުންތުގެ ލަނޑުން، ޔުނައިޓެޑް ގަދަ ހަތަރަކަށް