Roadha Mihaaru
އަލިފާނުގެ ހާދިސާގައި 30 މީހަކު ވަގުތީ ހިޔާތަކަށް

އަލިފާނުގެ ހާދިސާގައި 30 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް

10 ނޮވެމްބަރ 2022

ރޭ ހިނގި އަލިފާނުގެ ހާދިސާގައި 31 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރޭ ހިނގި އަލިފާނުގެ ހާދިސާގައި 31 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ސެންޑްރޯސް ހުޅަނގު ބައިގައި ރޭ 12:30 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު މަރުވިކަން ކަށަވަރު ވެފައި ވާއިރު އަދިވެސް އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.

އެންޑީއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވަގުތީ ހިޔާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި 11 ދިވެހިންނާއި 12 ބިދޭސީން ހިމެނެ އެވެ.

އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މި އަދަދަށްވުރެ މީހުން އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި ވަގުތީ ހިޔާތަކަށް ބަދަލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާތީ ސީދާ އަދަދު ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޯވި އިމާރާތް ހިމެނޭހެން ހަތަރު ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

"ވަގުތީ ހިޔާއަށް ހަަތަރު ގެއިން ނެރުނު މީހުން ވަނީ މާފަންނު ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ބަދަލު ކޮށްފައި. އެއީ 30 ދިވެހިންނާއި 28 ބިދޭސީން. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީ ލަންކާ، އަދި އިންޑިއާ މީހުން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު އެ މީހުން ދަނޑުގައި ތިބި ނަމަވެސް ވަގުތީ ހިޔާއެެއްގެ ގޮތުގައި ޖަމާލުއްދީން ސްކޫލު ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގިނަ ބަޔަކު މަރުވެ ހިނގި މި އަލުފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ރޯވިތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުންނެވެ.