Roadha Mihaaru
މޯލްޑިވިއަން އިން އިންޑިއާގެ އިތުރު މަންޒިލްތައް ހޯދަނީ

މޯލްޑިވިއަން އިން އިންޑިއާގެ އިތުރު މަންޒިލްތައް ހޯދަން އެޖެންޓަކާ އެކު އެއްބަސްވުމަކަށް

08 ނޮވެމްބަރ 2022

މޯލްޑިވިއަންއިން އިންޑިއާއަށް ދަތުރުކުރާ މަންޒިލްތައް އިތުރު ކުރުމަށް ގްލޯބަލް އޭވިއޭޝަން ސާވިސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަންއިން އިންޑިއާއަށް ދަތުރުކުރާ މަންޒިލްތައް އިތުރު ކުރުމަށް ގްލޯބަލް އޭވިއޭޝަން ސާވިސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

އެ ޕާޓްނާޝިޕުގެ ދަށުން، އެ ކުންފުނި މަސައްކަތްކުރާނީ ސައުތު އިންޑިއާގައި ޖެނެރަލް ސޭލްސް އޭޖެންޓެއްގެ ގޮތުގަ އެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި އެ ޕާޓްނާޝިޕުގެ ސަބަބުން، ބައިނަލްއަގުވާމީ ގޮތުން ކުންފުނި އިތުރަށް ހަރުދަނާވެ، އިތުރު ޑެސްޓިނޭޝަންތަކަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ގްލޯބަލް އޭވިއޭޝަނަކީ 1975 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 41 އޮފީސް އިންޑިއާގެ 16 ލޮކޭޝަނެއްގައި ހުރެ އެވެ. އެ ކުންފުންޏަކީ އެކި އެއާލައިންތައް ރިޕްރެޒެންޓްކުރާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް އިންޑިއާގެ 14 އެއާލައިނެއް ރިޕްރެޒެންޓުކުރެ އެވެ.

އެ ކުންފުންޏަކީ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ފުރަތަމަ ސެޓިފައިކުރި ޖެނެރަލް ސޭލްސް އޭޖެންޓެެވެ.

މޯލްޑިވިއަންއިން މިހާރު ދަތުރުތައް ކުރަނީ އިންޑިއާގެ ކޮޗިން އާއި ޓްރެވިންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށެވެ.