26 އޮކްޓޯބަރ 2022
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުން ފުށުއަރާ ސަރަހައްދު ބަހަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ދޫ ދީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމުގެ ތުހުމަތަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ރައްދު ދެއްވައި މާ ކުރިން "ފޯޅަވަހީގެ ބައުންޑަރީ" ކަނޑައަށް ރާއްޖޭން ވާހަކަ ދެއްކި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުން ފުށުއަރާ ސަރަހައްދު ބަހަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ދޫ ދީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމުގެ ތުހުމަތަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ރައްދު ދެއްވައި މާ ކުރިން "ފޯޅަވަހީގެ ބައުންޑަރީ" ކަނޑައަށް ރާއްޖޭން ވާހަކަ ދެއްކި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒްގެ ޓްވީޓެއްގައި އެއްސެވީ 1992 ގައި އޭރުގެ އެޓާނީ ޖެނެރަލް އިނގިރޭސިވިލާތާ އެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ އެވެ.
ފައްޔާޒް އިޝާރާތްކުރެއްވި ވާހަަކަތަކުގެ މައުލޫމާތު އެނގޭ ބޭފުޅުން ވިދާޅުވި ގޮތުގައި ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭ ގޮތުން އިނގިރޭސި ވިލާތާ އެކު 1992 ވަނަ އަހަރު މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. އެކަމާ ގުޅުން ހުރި ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި އެއީ 1992 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ކުރި މަޝްވަރާއެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިމުގައި މައްސަލަޖެހިގެން އުޅޭ ހިސާބު (ދަނބު ކުލައިން ފާހަގަކޮށްފައި)
މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތް ހުރިހާ ބޭފުޅުންނަކީ ވެސް ފޮރިން މިނިސްޓްރީގެ ބޭފުޅުންނެވެ. ފައްޔާޒްގެ ޓްވީޓްގައި "އޭރުގެ އެޓާނީ ޖެނެރަލް" އޭ ވިދާޅުވި ނަމަވެސް އެ މުއްދަތުގައި ސީދާ އެޓާނީ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ހުންނެވި ކަމެއް އެނގޭކަށް ނެތެވެ.
އެކަމަކު ފައްޔާޒް ރައްދު ދެއްވާފައި ވަނީ ރާއްޖެ-މޮރިޝަސް މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ދައްކަވާ ވާހަކަތަކަށް ކަމަށްވާ ނަމަ އޭނާ އަކީ އޭރު ފޮރިން މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ހަމައެކަނި ފޮރިން މިނިސްޓްރީގެ ބޭފުުޅުން ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައީ އިމުން ފުށުއަރާ ސަރަހައްދު ބެހުމުގައި އިކިއުޑިސްޓެންޓް ޕްރިންސިޕަލް ބޭނުންކުރުމަށެވެ. މުނައްވަރު އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަންޔަންކުރެއްވީ ނޮވެމްބަރު 11، 1993 ގަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަޒު ޗާގޮސް މައްސަލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެއީ ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ގަބޫލުކޮށްގެން ތިބެ ކޮށްފައިވާ މަޝްވަރާއެކެވެ. އޭނާ އެ މަޝްވަރާގެ މުހިންމު ބައެއް ޕޮއިޓްތައް ފާހަގަކުރެއްވި އެވެ.
● ޗާގޮސްއާ ފުށުއަރާ ބޯޑަރުގެ ދެ ގައުމުގެ ބަހާލުމުގެ ކުރިން ރާއްޖޭން އެކަމަށް ބޭނުންވާ ގާނޫނުތައް ހަދާނެ ކަމަށް ބުނި
●ބޯޑަރު ބެހުމުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރާނީ ރާއްޖޭގައި އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމާ ބެހޭ އަދި އެކަމާ ގުޚުން ހުރި ގާނޫނުތަކަށް މިކަމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ކަމަށް
● ދެ ފަރާތަށް ވެސް އެންމެ ފައިދާ ބޮޑުވާނީ އިކުއިޑިސްޓެންސް ފޯމިއުލާ އެޕްލައިކޮށްގެން ކަމަށް އެއްބަސްވި.
"އެއީ ޗާގޮސް ކޮންޓްރޯލްކުރަމުން އަންނަ އިނގިރޭސި ވިލާތުން އިސްނަގައިގެން ކުރި މަޝްވަރާއެއް. ދެ ގައުމުން ވެސް ބޭނުންވީ އިކިއުޑިސްޓެންސް އެޕަލައިކޮށްގެން އެ ސަރަހައްދު ބަހަން." އޭނާ ވިދާޅުވި އެވެ.
އެއީ ފުށުއަރާ ހިސާބު ވީހާވެސް އިންސާފުވެރި ގޮތަކަށް ހަމަޔަށް ބަހާލަން ބޭނުންކުރާ މެތަޑެކެވެ. އިޓްލޮސްގައި މިހާރު ވެސް ރާއްޖޭން އެދެނީ އެގޮތަށެވެ.
މި މަޝްވަރާތަކަށް ފަހު ރާއްޖޭން ވެސް ބޭނުންވާ ބަދަލުތަކާ އެކު އެއްބަސްވުމުގެ ޑްރާފްޓެއް ހެދި އެވެ. އަދި އިމުގެ ސަރަހައްދު ބަހާނެ ގޮތުގެ ޗާޓުތައް ވެސް ހުށަހަޅައި އެއާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. މި ހުރިހާ ކަމެއް ކޮށްފައިވަނީ އެއީ އިނގިރޭސިންގެ ތަނެއް ކަމަށް ބަލައިގެންނެވެ. ޗާގޮސް ލިބެން ޖެހޭނީ ރާއްޖެއަށޭ ބުނެފައެއް ނުވެ އެވެ.
ޗާގޮސްގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދާ ފުށުއަރާ ހިސާބު މި ހުރިހާ ދުވަހު އޮތީ ދޫކޮށްލައިފަ އެވެ. އެތަނާ މެދު އިނގިރޭސި ވިލާތުން ވެސް ރާއްޖެއަށް ޝަކުވާއެއް ނުކުރެ އެވެ. އެކަމަކު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮންނާނެ ކަމަށް ބުނެ ލަަފަޔަށް ރިއާޔަތްކޮށް މޮރިޝަސް އިން ބޭނުންވީ އެ ގައުމުން ބޭނުންވާ ގޮތަށް އިން ކަނޑައަޅާށެވެ. އިޓްލޮސްގައި މި މައްސަލަ ފެށީ އޭގެ ފަހުންނެވެ.
ރާއްޖޭން ކޮންމެ ވިސްނުމެއްގައި ތިބި ނަމަވެސް ދެން ޖެހޭނީ އިން އަލުން ކަނޑައަޅައި، ފުށުއަރާ ސަރަހައްދުން ބައެއް ދޫކޮށްލާށެވެ.
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
ޗާގޯސް މައްސަލާގައި ކުރީގެ ވަޒީރުންގެ ޕްރެސް އިވެންޓެއް
ޗާގޯސްގެ މައްސަލާގައި ޖަޒުބާތު އެއްފަރާތްކޮށްލާ!
ޗާގޮސް މައްސަލަ: ނަޝީދަށް ފައްޔާޒުގެ ރައްދެއް
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑު ހޯދުމުގެ ދިރާސާ ދެ އެކްސްޕާޓަކާ ހަވާލުކޮށްފި
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި