Roadha Mihaaru
އެސްޓީއޯ 'އަންކަރަ ނައިޓް' އައްޑޫގައި ބާއްވައިފި

އެސްޓީއޯ 'އަންކަރަ ނައިޓް' މި ފަހަރު އައްޑޫގައި، ބޮޑު ތަރުހީބެއް!

22 އޮކްޓޯބަރ 2022

އެސްޓީއޯ މި އަހަރުގެ "އަންކަރަ ނައިޓް" ރޭ އައްޑޫގައި ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްޓީއޯ މި އަހަރުގެ "އަންކަރަ ނައިޓް" ރޭ އައްޑޫގައި ބާއްވައިފި އެވެ.

އެސްޓީއޯ އިން ބުނީ ރޭ 8:30 އިން 10:30 އަށް އައްޑު ހައި ސްކޫލުގައި ބޭއްވި އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުން ކަމަށެވެ.

"އަންކަރަ ނައިޓް" ހަފްލާގެ ބައިވެރިން ޕާސްތާގެ އަޖުމަ ބަލައިލަނީ ---ފޮޓޯ: އެސްޓީއޯ

"އަންކަރަ ނައިޓް" ހަފްލާގެ ބައިވެރިން ޕާސްތާގެ އަޖުމަ ބަލައިލަނީ ---ފޮޓޯ: އެސްޓީއޯ

"އަންކަރަ ނައިޓް" އަކީ އާންމުންނަށް ހުޅުވާލައިގެން، އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ 'އަންކަރަ' ބްރޭންޑުގެ ޕާސްތާގެ އަޖުމަ ބަލައިލުމުގެ ފުރުސަތާއި، އެއާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ. އެ އިވެންޓް އާންމުގޮތެއްގައި ބާއްވަމުން އައީ މާލޭގަ އެވެ.

ރޭގެ ހަފްލާފައި އަންކަރަ ބްރޭންޑު ބޭނުންކޮށްގެން ޕާސްތާ ހަދާނެ ގޮތް ދައްކާލަނީ ---ފޮޓޯ: އެސްޓީއޯ

ރޭގެ ހަފްލާފައި އަންކަރަ ބްރޭންޑު ބޭނުންކޮށްގެން ޕާސްތާ ހަދާނެ ގޮތް ދައްކާލަނީ ---ފޮޓޯ: އެސްޓީއޯ

އެ ހަފްލާގެ މަގްސަދަކީ އަންކަރަ ބްރޭންޑު ޕާސްތާގެ މުހިންމު މައުލޫމާތު އާންމުންނާ ހިއްސާކުރުމާއި އަދި އެ ބްރޭންޑު ބޭނުންކޮށްގެން ހެދޭނެ ތަފާތު ވައްތަރުގެ ޕާސްތާ ރެސިޕީތަކާއި އޭގެ ރަހަ ދިވެހިންނަށް ދައްކާލުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ރޭގެ ހަފްލާގައި އޮތް ބޮޑު ބެރުގެ ހަރަކާތުގެ ތެރެއިން --ފޮޓޯ: އެސްޓީއޯ

ރޭގެ ހަފްލާގައި އޮތް ބޮޑު ބެރުގެ ހަރަކާތުގެ ތެރެއިން --ފޮޓޯ: އެސްޓީއޯ

މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކާއި ފޯރިގަދަ ތަރުހީބަކާއެކު ނިންމާލި "އަންކަރަ ނައިޓް" ގައި ބައިވެރިވާކަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެ އެވެ.

އަންކަރަ ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގެ އެންމެ މަގްބޫލު ބްރޭންޑުގެ ޕާސްތާ އެވެ.

އެސްޓީއޯއިން އަންކަރަ ބްރޭންޑުގެ ތަފާތު ޑިޒައިންތަކުގެ ޕާސްތާ ލިބެން ހުރެ އެވެ. އޭގެތެރޭގައި ބްރައުން ޕާސްތާ ވެސް ލިބެން ހުރެ އެވެ.