Roadha Mihaaru
ނުފޫޒު ގަދަ "ބިގް 5" ފެއާގައި އެސްޓީއޯ

އިމާރާތްކުރުމުގެ ސިނާއަތުގައި ނުފޫޒު ގަދަ "ބިގް 5" ފެއާ ގައި އެސްޓީއޯ ބައިވެރިވެއްޖެ

06 ޑިސެމްބަރ 2022

އިމާރާތް ކުރުމުގެ ސިނާއަތުގައި ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ވަރުގަދަ އެއް ފެއާ ކަމަށްވާ "ބިގް 5" ގައި އެސްޓީއޯ އިން ބައިވެރިވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިމާރާތް ކުރުމުގެ ސިނާއަތުގައި ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ވަރުގަދަ އެއް ފެއާ ކަމަށްވާ "ބިގް 5" ގައި އެސްޓީއޯ އިން ބައިވެރިވެއްޖެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، އެ ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުމެވެ.

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތް ކުރި ފެއާގެ ބައިވެރިއަކަށް ސްޓޯލާ ގުޅޭ މައުލޫމާތު ދެނީ. ---ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތް ކުރި ފެއާގެ ބައިވެރިއަކަށް ސްޓޯލާ ގުޅޭ މައުލޫމާތު ދެނީ. ---ފޮޓޯ: އެސްޓީއޯ

"އެސްޓީއޯ މޯލްޑިވްސް" ގެ ނަމުގައި އެ ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ، ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިން ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ބިގް 5" ފެއާ އަކީ ވިޔަފާރިކުރުމާއި އިލްމު ހިއްސާކުރުމާއި އާ ގުޅުންތަކަށް މަގުފަހިކޮށްދިނުމަށްޓަކައި އިމާރާތް ކުރުމުގެ ސިނާއަތުގެ ވެލިއު ޗެއިންގެ ހުރިހާ ސްޓޭކްހޯލްޑަރުންނާއި އެއާގުޅޭ އޯޑިއަންސްތަކާ ގުޅުވައިދޭ ބައިނަލްއަގްވާމީ ޕްލެޓްފޯމެކެވެ.

ދުބާއީގައި ފެށި "ބިގް 5" ފެއާގައި އެސްޓީއޯ އިން ގާއިމްކުރި ސްޓޯލް --ފޮޓޯ: އެސްޓީއޯ

ދުބާއީގައި ފެށި "ބިގް 5" ފެއާގައި އެސްޓީއޯ އިން ގާއިމްކުރި ސްޓޯލް --ފޮޓޯ: އެސްޓީއޯ

އެ ފެއާގެ އެގްޒިބިޓަރުންގެ ގޮތުގައި 60 އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވިއިރު، ޖުމްލަ 150 އަށް ވުރެ ގިނަ ގައުމުން ފެއާގައި ބައިވެރިވެފައިވެ އެވެ.

ޔޫއޭއީގެ ދުބާއީގައި އިއްޔެ ފެށި އެ ފެއާ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.