16 އޮކްޓޯބަރ 2022
މެލޭޝިއާގައި އުފައްދައިގެން ރާއްޖެ އަށް އެތެރެކުރާ، ލޮލުގެ ބޭހެއްގެ ބެޗުތަކެއްގައި މައްސަލަތަކެއް އުޅޭތީ، އެ ބެޗުގެ އުފެއްދުންތައް ދިވެހި ބާޒާރުން ނަގަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފި އެވެ.
މެލޭޝިއާގައި އުފައްދައިގެން ރާއްޖެ އަށް އެތެރެކުރާ، ލޮލުގެ ބޭހެއްގެ ބެޗުތަކެއްގައި މައްސަލަތަކެއް އުޅޭތީ، އެ ބެޗުގެ އުފެއްދުންތައް ދިވެހި ބާޒާރުން ނަގަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފި އެވެ.
މައްސަލަ އުޅޭކަން އެ އިދާރާ އަށް ފާހަގަކުރެވުނީ އެލާސައިން އައިޑްރޮޕްސް ފުޅީގެ ބެޗުތަކެއްގެ އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މެލޭޝިއާގެ ޑުއޯފާމާ ކުންފުނިން އުފައްދާ އެލާސައިން އައިޑްރޮޕްސް (ޓެޓްރާހައިޑްރޮޒޮލައިން ހައިޑްރޯކްލޮރައިޑް) ބޭހުގެ ހަތް ބެޗެއްގައި ޑިފެކްޓެއް އުޅޭކަން އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ފާހަގަކުރެވިގެން އެ ކަން ރާއްޖެ އަށް އަންގާފައިވާ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނިގޮތުގައި، އޭގެ ތެރެއިން ދެ ބެޗެއްގެ ފުޅިތަކެއް ރާއްޖެ އަށް ވަނީ އެތެރެވެފަ އެވެ. އެއީ ބެޗު ނަމްބަރު 193033L އާއި 200607L އެވެ.
އެއީ ރާއްޖޭގައި ވިއްކުން ހުއްދަ ބޭހަކަށް ވާއިރު، ބޭސް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެ ބޭސް މިހާރު ބޭނުންކުރާ މީހުންނަށް ވެސް މައްސަލަ ފާހަގަކުރެވިފައިވާ ދެ ބެޗުގެ ފުޅިތައް ބޭނުންނުކުރުމަށް އެދުނެވެ.
އެމްއެފްޑީއޭއިން ބުނީ، އެ ބެޗުގެ ފުޅިތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ.
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ
ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!
ހޮޑު ބޭހުގައި ނުރައްކާތެރި ކެމިކަލް ހުރުމުން މަނާކޮށްފި
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!
ބަރުދަން ލުއިކުރަން ވިއްކާ ބޭހެއް މަނާކޮށްފި
މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް!