27 ނޮވެމްބަރ 2023
ރާއްޖެ އެތެރެކުރާ ހޮޑު ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ވިއްކުން އެމްއެފްޑީއޭ އިން މިއަދު މަނާކޮށްފި އެވެ.
ރާއްޖެ އެތެރެކުރާ ހޮޑު ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ވިއްކުން އެމްއެފްޑީއޭ އިން މިއަދު މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓެއްގައި ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ "އެމިޑޮން ސަސްޕެންޝަން" ނަމަކަށް ކިޔާ ބޭހެއްގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކެމިކަލް ހުރި ކަމަށް، އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.
އެހެންވެ، އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
"އަމިއްލަ ބޭނުމަށް ބޭސް ސިޓީ އަށް ވެސް މި ބޭސް އިމްޕޯޓު ކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި މި ބޭސްތައް އެތެރެކޮށް، ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވެސް ދަންނަވަމެވެ،" އެލާޓްގައިވެ އެވެ.
ބޮލަށް އެނބުރުން އެރުމާއި ހޮޑުލުން ހުއްޓުވަން ދިން ބޭހެއް މަނާކުރިއިރު، އެމްއެފްޑީއޭ އިން މި މަހު ވެސް ވަނީ އެ ކުންފުނިން އުފައްދާ އިތުރު ބޭހެއް ވިއްކުން މަނާކޮށްފަ އެވެ.
އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން ވެސް އެ ފަހަރު މަނާކުރީ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކެމިކަލް ހުރުމުންނެވެ.
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ
ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!
ބަރުދަން ލުއިކުރަން ވިއްކާ ބޭހެއް މަނާކޮށްފި
ލޮލަށް އަޅާ ބޭހެއްގައި މައްސަލައެއް، ބާޒާރުން ނަގަނީ
މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް!