15 އޮކްޓޯބަރ 2022
ދިވެހި މީޑިއާގެ އާ ކޯޑް އޮފް އެތިކްސްއެއް 11 އަހަރު ފަހުން އެކުލަވާލައި، ގިނަ އަދަދެއްގެ މީޑިއާތަކުން އެ އަށް އަމަލުކުރަން މިއަދު އެއްބަސްވެއްޖެ އެވެ.
ދިވެހި މީޑިއާގެ އާ ކޯޑް އޮފް އެތިކްސްއެއް 11 އަހަރު ފަހުން އެކުލަވާލައި، ގިނަ އަދަދެއްގެ މީޑިއާތަކުން އެ އަށް އަމަލުކުރަން މިއަދު އެއްބަސްވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑެއް އެކުލަވާލީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް މީޑިއާ ކައުންސިލުން އެކުލަވާލި އަޚްލާގީ މިންގަނޑު މިއަދު އިފްތިތާހުކޮށް، 60 އެއްހާ މީޑިއާއަކުން އެ މިންގަނޑު އެންޑޯސްކޮށް، ސޮއިކުރީ ރޭޑިއޯ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްއެމްސީން އެލުވައިލި، ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި "މިހާރު" ގެ ފަރާތުން އެޑިޓަރު އިސްމާއިލް ނަސީރު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑަކީ ޚަބަރާއި މައުލޫމާތު ހޯދުމާއި ފެތުރުމުގައި ނޫސްވެރިންނާއި މީޑިއާތަކުން ހިފަހައްޓަންޖެހޭ މައިގަނޑު ހަމަތައް ބަޔާންކުރާ މިންގަނޑެވެ. އެ މިންގަނޑުގައި ބަޔާންކުރާ މައިގަނޑު ހަމަތަކަކީ:
- އިސްލާމްދީނާއި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން
- އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހްތިރާމްކުރުން
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިޖްތިމާއީ އަޚްލާގު ހިފެހެއްޓުން
- ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން
- ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، އެއްވެސް ބިރަކަށް ޖެހިލުން ނުވުން
މި ހަމަތައް ތަފްސީލުކޮށް، ހަބަރާއި މައުލޫމާތު ފެތުރުމުގައި އަމަލުކުރަންވީ ގޮތް މި ކޯޑް އޮފް އެތިކްސްގައި ހިމެނޭނެ އެވެ.
މީޑިއާ ކައުންސިލުން މި އެކުލަވާލި ކޯޑް އޮފް އެތިކްސްއާ އެއްގޮތަށް މީޑިއާތަކުން އެބައިމީހުންގެ އަމިއްލަ ކޯޑް އޮފް އެތިކްސްއެއް އެކުލަވާލަން ޖެހެ އެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
މީޑިއާ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކޮށްފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ
މީޑިއާ ކައުންސިލް ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް