29 އެޕްރީލް 2023
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ތިން މެމްބަރަކު އިންތިހާބުކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ތިން މެމްބަރަކު އިންތިހާބުކޮށްފި އެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރާ މެމްބަރެއްގެ ދައުރު ހަމަވުމާއި އަދި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު އިސްތިއުފާ ދެއްވުމުން އެ ކައުންސިލްގެ ތިން މަގާމެއް އޮތީ ހުސްވެފަ އެވެ.
މިއަދު މެންދުރު ބޭއްވި އިންތިހާބުގައި މީޑިއާ ތަމްސީލުކުރާ މެމްބަރަކަށް ހޮވިފައިވަނީ އަލީ އާދަމެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބުކުރާ ދެ މަގާމަށް ހޮވިފައިވަނީ ފ. ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގާއި ފ. ދަރަނބޫދޫ، ރޯޝަނީގޭ، އަލީ އިސްމާއިލެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކައުންސިލްގެ މެމްބަރުކަމުގެ ދައުރަކީ ދެ އަހަރުގެ މުއްދަތެވެ.
މީޑިއާ ކައުންސިލަކީ ބްރޯޑްކާސްޓަރުން ފިޔަވައި ރާއްޖޭގައި ހިމެނޭ އެހެން ބާވަތްތަކުގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ހިރިގާ ޒާހިރާއި ރަމީޒަށް
"މިހާރު" ގެ ފަސް ނޫސްވެރިއަކަށް އެވޯޑް