Roadha Mihaaru
"މިހާރު" ގެ ފަސް ނޫސްވެރިއަކަށް އެވޯޑް

"މިހާރު" ގެ ފަސް ނޫސްވެރިއަކަށް އެވޯޑް

26 ނޮވެމްބަރ 2023

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އެވޯޑް "މިހާރު" ނޫހުގެ ފަސް ނޫސްވެރިއަކަށް ލިބިއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އެވޯޑް "މިހާރު" ނޫހުގެ ފަސް ނޫސްވެރިއަކަށް ލިބިއްޖެ އެވެ.

ޖުމްލަ 12 ދާއިރާ އަކުން ނޫސްވެރިންނަށް މިރޭ އެވޯޑް ދިންއިރު "މިހާރު"ގެ ފަސް ނޫސްވެރިއަކަށް ވަނީ އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބިފަ އެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއްގެ އެވޯޑަށް މިހާރުގެ ނޫސްވެރިން ނޮމިނޭޓްވެފައިވެ އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ "މިހާރު" ނޫހުގެ މުއިއްޒު އިބްރާހިމް އެވެ. މިއީ އޭނާ މި އެވޯޑް ހާސިލްކުރި ފަސް ވަނަ ފަހަރެވެ. މުއިއްޒަކީ ޝަރުއީ އަދި ގާނޫނީ ދާއިރާއިން ނޫސްވެރިންނަށް އެވޯޑް ދޭން ފެށިފަހުން އެ އެވޯޑް އެންމެ ގިނަ ފަހަރު ހާސިލްކުރި ނޫސްވެރިޔާ އެވެ.

"މިހާރު" އަށް ލިބުނު ނޫސްވެރިކަމުގެ އެވޯޑްތައް --- މިހާރު ފޮޓޯ/ނިޝާން އަލީ

"މިހާރު" އަށް ލިބުނު ނޫސްވެރިކަމުގެ އެވޯޑްތައް --- މިހާރު ފޮޓޯ/ނިޝާން އަލީ

ކުޅިވަރުގެ ދާއިރާއިން އެވޯޑް ލިބުނު ހުސެއިން ހަބީބް ވަނީ މީގެ ކުރިން ވެސް އެ ދާއިރާއިން އެވޯޑް ހާސިލްކޮށްފަ އެވެ. އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އިން "މިހާރު" ނޫހުގެ އަމާނީ އަބްދުالله އެވޯޑް ހާސިލް ކުރިއިރު ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން އެވޯޑް ހާސިލްކުރީ "މިހާރު" ނޫހުގެ ފަޔާޒު މޫސާ އެވެ. އޭނާ ކުރިން ވެސް ވަނީ މި އެވޯޑް ހާސިލްކޮށްފަ އެވެ. މި ހަތަރު ނޫސްވެރިންނަށް ވެސް އެވޯޑް ލިބިފައިވަނީ "މިހާރު"ގެ އުފެއްދުންތަކަށެވެ.

މީގެ އިތުރުން "މިހާރު" ގައި މިވަގުތު މަސައްކަތް ކުރާ ނާޒިމް ހަސަން އަށް ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ވަނީ ލިބިފަ އެވެ. އޭނާ ކުރިން ވަނީ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް 2018 ވަނަ އަހަރު އަދި ޝަރުއީ އަދި ގާނޫނީ ދާއިރާގެ އެވޯޑް 2019 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

މިރޭ ނޫސްވެރިކަމިުގެ އެވޯޑް ހާސިލްކުރި "މިހާރު" ގެ ނޫސްވެރިން

- މުއިއްޒު އިބްރާހިމް (ޝަރުއީ އަދި ގާނޫނީ ދާއިރާ)

- ނާޒިމް ހަސަން (ސިޔާސީ ދާއިރާ)

- ހުސައިން ހަބީބް (ކުޅިވަރުގެ ދާއިރާ)

- އަމާނީ އަބްދުﷲ (ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ)

- ފަޔާޒް މޫސާ (ފޮޓޯ ޖާނަލިޒަމްގެ ދާއިރާ)

މި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "ދައުރު"ގެ އަހުމަދު ނާއިފެވެ. އޭނާއާ ގަދަ ތިނެއްގައި ވާދަކޮށްފައިވަނީ "މިހާރު"ގެ އާސިމާ ނިޒާރާއި ރާއްޖެޓީވީގެ ލައިޝާ އަހުމަދެވެ.

ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި "މިހާރު" ގެ ފަޔާޒް މޫސާއަށް އެވޯޑް ހަވާލުކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި "މިހާރު" ގެ ފަޔާޒް މޫސާއަށް އެވޯޑް ހަވާލުކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ ސަން އޮންލައިންގެ ނާއިލް ހަފީޒެވެ. އޭނާއާ ގަދަ ތިނެއްގައި ވާދަކޮށްފައިވަނީ "މިހާރު" އައިޝަތު ނުޒުހާ އާއި "ދިޔަރެސް"ގެ އާނިފާ ހުސެއިންނެވެ.

އޭގެ އިތުރުން ވިޔަފާރީގެ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހޯދީ "ދައުރު"ގެ އަހުމަދު ނާއިފެވެ. އިޖުތިމާއީ އަދި ފީޗާ ލިޔުމުގެ ދާއިރާ އިން އެވޯޑް ހާސިލްކުރީ "ދައުރު"ގެ ޝަހުދާ މުހައްމަދެވެ. އިންވެސްޓިގޭޝަން ދާއިރާ އިން އެވޯޑް ހޯދީ "ދައުރު"ގެ އަހުމަދު މިޒްޔާލެވެ.

މި އަހަރުގެ ނޫސްވެރިންގެ އެވޯޑްގައި ބްރޮޑްކާސްޓިން ދާއިރާ އިން އެކަށީގެންވާ މާކްސް ލިބިފައިނުވާތީ އެއްވެސް އިނާމެއް ދީފައެއް ނުވެ އެވެ.