14 އޮކްޓޯބަރ 2022
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ރާއްޖޭގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް އިހްތިރާމްކުރާ މިންވަރު ދައްކުވައިދޭ ވަރުގަދަ މިސާލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ރާއްޖޭގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް އިހްތިރާމްކުރާ މިންވަރު ދައްކުވައިދޭ ވަރުގަދަ މިސާލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމްގެ ލީޑަރު ދެއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ޗައިނާއަކީ މިދިޔަ ބައި ގަރުނުގެ ތެރޭގައި ރާއްޖޭގެ އަށް އައިސްފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށެވެ.
ޗައިނާ އިން ގަބޫލު ކުރާ "ވަން-ޗައިނާ" ސިޔާސަތަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޔާމީން ދެއްވި އެވެ.
އޭގެ އިތުރުން ބޭރު އެހެން ގައުމުތަކުގެ ނުފޫޒުން ޗައިނާގެ ރައްޔިތުންނާއި ސަރަހައްދު ހިމާޔަތް ކުރުމުގެ ހައްގު އެއްވެސް ޝަރުތަކާނުލައި އެ ގައުމަށް ދޭންޖެހޭނެ ކަން ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއާ އެކު އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާފައި ވަނީ ޗައިނާއާ އެވެ. އެ މަނިކުފާނު ވެރިކަމުގައި ހުންނެވި އިރު އެންމެ ގިނަ ލޯނުތަކާއި ހިލޭ އެހީތައް ލިބިފައި ވަނީ ޗައިނާ އިންނެވެ. އަދި އެ ގައުމުގެ ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ވެސް ހަވާލުކޮށްފައިވެ އެވެ.
އެކަމަށް ފާޑު ކިޔުން އަމާޒުވެފައިވީ ނަމަވެސް އެ ގުޅުން ދަމަހައްޓާނެ ކަމަށް ޔާމީން ވިދާޅުވެ އެވެ.
ރާއްޖެ އާއި ޗައިނާގެ ބައި ގަރުނުގެ ގާތް ގުޅުމާ ބެހޭ ގޮތުން މިއަދު ވަނީ ދެ ގައުމުގެ ވެރިން ތަހުނިޔާ ފޮނުއްވައި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ
މިއީ އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން: ޔާމީން
ޗައިނާގެ ލޯނުތައް ފަސްކޮށްދީފާނަން: އިދިކޮޅު
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޝިޔާމްގެ ވާހަކަތައް ޗައިނާގެ ސަފީރު ދޮގުކުރައްވައިފި
ޗައިނާއާ ހެދި ގައުމު ވެއްޓުނީ ދަރަންޏަކަށް: ނަޝީދު
"ފްރީ ޓްރޭޑް އެގްރިމެންޓާ މެދު މަޖިލީހުން ނުރުހިދާނެ"
ޝާހިދު ޗައިނާ އަށް ވަޑައިގަތީ ގޮތް ހުސްވުމުން: ޝިޔާމް