06 އޮކްޓޯބަރ 2019
ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެ އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެ އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޗައިނާއިން ޖެހޭނީ އެ ގައުމަށް ރާއްޖޭން އަދާކުރަން ޖެހޭ ދަރަނި ހަގީގީ މިންވަރަކަށް ކުޑަކުރަން ކަމަށާއި އެކަމުގައި އިތުރު ގޮތްްތަކެއް ހޯދަން ސަރުކާރުން މަަސައްކަތް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އެމްޑީޕީ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ޗައިނާއާ އެކު [ލޯނުގެ ކަންތައްތަކުގައި އެއްބަސްވާނެ] އިތުރު ގޮތްތަކެއް ހޯދަން. ޗައިނާ އިން ޖެހޭނީ ދަރަނީގެ މިންވަރު ހަގީގީ މިންވަރަކަށް ކުޑަކުރަން،" ނަޝީދު ވިދާޅުވި ކަަމަށް ދަ ހިންދޫގެ ހަބަރުގައި ބުންޏެވެ.
ޗައިނާއިން ދީފައިވާ ލޯނުތަކުގެ އިންޓަރެސްޓް މާ ބޮޑު ކަމަށާއި މަޝްރޫއުތަކަށްް ހޭދަވާނެ ކަަމަށް ކަނޑައަޅާފައިވާ އަގުތައް ވެސް މާ ބޮޑެތި ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ވިދާޅުވެފަ އެވެ. ދަ ހިންދޫ އަށް ދެއްވި އިންޓަވިއުގައި ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.
އެއާ އެކުގައި ވެސް ޗައިނާއާ ރާއްޖެއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ޗައިނާއިން ރާއްޖެ އަށް ގެނެސްފައިވާ އިންވެސްޓްމެންޓްތަކާ ދެކޮޅަށް އަބަދުވެސް ފާޑުވިދާޅުވަމުުން ގެންދަވާ އިރު އެމްޑީޕީގެ ސަރުކާރަށް އަހަރެއް ވީ އިރު ވެސް އެއްވެސް އެއްބަސްވުމެއް އުވާލައިފައި ނުވާ ކަމަށާއި އެކަން ތަފްސީލުކޮށްދެއްވާނީ ކިހިނެއްތޯ ދަ ހިންދޫން އެމަނިކުފާނަށް ސުވާލު ދެންނެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ "އިދިކޮޅުގައި ތިބޭ އިރު ވަކާލާތުކުރާ ބަދަލުތައް ގެނައުމަކީ ސަރުކާރަށް އައުމަށް ފަހު އުނދަގޫ ކަމެއް" ކަމަށެެވެ.
"އަޅުގަނޑަށް އަބަދުވެސް އިހުސާސްވީ ގޮތްތަކެއް ހޯދުމަށް ވުރެ މުހިއްމު ކަމެކޭ އުސޫލުތަކުގައި ހިފެހެއްޓުމަކީ،" ނަޝީދު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތަކަކީ އެ ލޯނު ދިން މަޝްރޫއުތަކަށް ހޭދަވާނެ މިންވަރަށް ވުރެ މާ ބޮޑެތި ލޯނުތަކެއް ކަމަށާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް މާބޮޑު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ޗައިނާއިން އޮތީ ރައްދު ދީފަ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނު ދުވަހު ބޭއްވެވި ނޫސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ޗައިނާ ރައްޔިތުންނާ ނުވަތަ އެ ގައުމުގެ ސަރުކާރާ ވެސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޗައިނާ އިން ގައުމުތަކަށް ލޯނު ދޫކުރުމުގެ ކަންތަން ހިންގާ ގޮތާ ބެހޭ ގޮތުން އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ ރާއްޖޭގެ އިތުރުން ދުނިޔެ އަށް ވެސް ހުރި ގެއްލުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް އަނެއްކާ އެ ވާހަަކަ އަލުން ދައްކަވާފައި ވާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ހުރީ ރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް ފާހަގަކުރައްވައި މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކެވެ. އެ ފްލެޓްތައް އިމާރާތްކުރަން އަގު ދީފައި ވަނީ އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެފަދަ މަސައްކަތަކަށް ހަގީގަތުގައި ހަރަދުވާނެ މިންވަރަށް ވުރެ ދެ ގުނަ އިތުރަށެވެ.
"ދޮރު ނުބަހައްޓާ ޓައިލްސް ނުޖަހާ ކުލަ ނުލާ އެހެންވީމާ ފިނިޝިންނާ ނުލައި 1،900ރ، އަށް އަކަފޫޓެއް. މާލޭގައި އެންމެ ރީތިކޮށް ތިހިރީ ފެނިވަޑައިގަންނަވާ ނޫންތޯ ފްލެޓްތައް އެއީ 1،200ރ، އަށް އަކަފޫޓެއް. މީ 1،900ރ، އަށް. އެހެންވީމާ ދެ ގުނަ އަގުގައި ހަދާފައި މިހިރީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ރައްްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ފްލެޓްގެ އަކަފޫޓަކަށް ޖެެހެނީ 1450ރ. ކަމަށެވެ.
ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާ ސަފީރާ މަޝްވަރާކޮށްފި
މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ޗައިނާއާ ހެދި ގައުމު ވެއްޓުނީ ދަރަންޏަކަށް: ނަޝީދު
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް
އެއްބަސްވުންތަކަށް އިހްތިރާމްކުރާނެކަމަށް ދެކެން: ޗައިނާ
ރާއްޖޭގެ މަޝްރޫއުތަކަށް ޗައިނާގެ ބޭންކުތައް ޝައުގުވެރިވޭ
"ހާރިޖީ ބާރުތައް އޮތީ ޗައިނާ-ސައުދީއަށް ދޫކޮށްލާފައި"
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން