13 އޮކްޓޯބަރ 2022
މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިން އިން މިދިޔަ އަހަރު ރާއްޖެ އަށް ދީފައިވާ ބީ މައިނަސް ރޭޓިން ދަމަހައްޓައިފި އެވެ.
މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިން އިން މިދިޔަ އަހަރު ރާއްޖެ އަށް ދީފައިވާ ބީ މައިނަސް ރޭޓިން ދަމަހައްޓައިފި އެވެ.
އެ ރޭޓިން ދެމެހެއްޓި ނަމަވެސް، ރާއްޖޭގެ އިގުތިސާދު ދަށަށް ދާނެ ކަމަށް ފިޗުން ވަނީ ލަފާ ކޮށްފަ އެވެ.
ރާއްޖޭގެ އިގުތިސާދު ދަށަށް ދާނެ ކަމަށް ލަފާކުރީ ދުނިޔޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު މަތިވަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ރިޒާވަށް މިހާރު ކުރަމުންދާ އަސަރުތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ދަށަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައި އޮންނާނެ ކަމަށް ބުންޏަސް މިހާރު ފިޗުން ލަފާކުރަނީ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށް، އިގުތިސާދީ ކުރިމަގު ރަނގަޅު ނޫން ކަމަށެވެ.
ފިޗުން ފާހަގަ ކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވު އަދިވެސް ދަށަށް ހިނގައިދާނެ އެވެ. ފިޗުން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ މި ދިޔަ އަހަރު އެއް ބިލިއަން ޑޮލަރުން 540 މިލިއަން ޑޮލަރަށް ވެއްޓިފަ ކަމަށެވެ.
ރާއްޖޭގެ ރިޒާވު ދަށްވީ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރަން ކުރަން ޖެހޭ ހޭދަ ބޮޑުވުމާއި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާ އެކު އެމްއެމްއޭ އިން ހަދާފައިވާ ކަރަންސީ ސްވޮޕް އަނބުރާ ދައްކަން ޖެހުމާއި އެމްއެމްއޭ އިން ރާއްޖޭގެ ފައިސާގެ އަގު ހިފަހައްޓަން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ފިޗުން ބުނެ އެވެ.
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށް ވެސް ފިޗުން ލަފާކުރެ އެވެ.
ފިޗުން ބުނީިގޮތުގައި، ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން މިދިޔަ އަހަރު 96.2 ގައި ހުއްޓަސް މި އަހަރު 101.8 ޕަސެންޓަށް މަތި ވާނެ ކަމަށް ބެލެވެ އެވެ. އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުން 214 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 151 މިލިއަން ޑޮލަރުގެ ދަރަނި ވެސް އެ އަހަރު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ފިޗުން ބުނެއެވެ.
އެ ޖަމާއަތުން ބުނީ، ދަރަނި އަނބުރާ ދެއްކުމަށް ގާއިމު ކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު ޑޮލަރުން އެންމެ 32.8 މިލިއަން ހުރުމަކީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބޮޑެތި މަޝްރޫއުތަކަށް، ހާއްސަކޮށް ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހަރަދު މައްޗަށް ގޮސް، މި އަހަރު ބަޖެޓް ޑެފިސިޓް 13.8 ޕަސެންޓުން 15.7 ޕަސެންޓަށް އަރާނެ ކަމަށް ފިޗުން ބުންޏެވެ.
ފިޗުން ރާއްޖޭގެ އިގުތިސާދީ ކުރިމަގު އަނދިރިކަމަށް ބުނެ، ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި ނަމަވެސް ރާއްޖޭގެ ރޭޓިން ދެމިހެއްޓީ ޓޫރިޒަމްގެ ސަބަބުން 9.5 ޕަސެންޓަށް އިގުތިސާދު ކުރިއަރާފައި ވާތީ އެވެ. އަދި ޓޫރިޒަމުގެ ސަަބަބުން އަންނަ އަހަރު ވެސް އިގުތިސާދަށް 7.5 ޕަސެންޓުގައި ދަށަށް ނުގޮސް ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ފިޗް އިން މިފަހަރު ވެސް ރާއްޖެއަށް ދިނީ "ބީ ޕްލަސް"
ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ
ޑޮލަރަށް ޖެހުން ހައްލު ކުރާނީ ކިހިނެއް؟
ފިޗް އިން ރާއްޖެއަށް ދިނީ "ސީސީ" ރޭޓިން އެއް
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!