11 އޮކްޓޯބަރ 2022
ޑްރަގް ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ހާލިދު ދުބާއީ އަށް ދިޔަ ތަނުން އެއާޕޯޓުން މިދިޔަ ހަފުތާގައި ހިފަހައްޓައި އަނބުރާ ސްރީ ލަންކާ އަށް ފޮނުވައިލުމުން ރޭ ރާއްޖެ އައުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޑްރަގް ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ހާލިދު ދުބާއީ އަށް ދިޔަ ތަނުން އެއާޕޯޓުން މިދިޔަ ހަފުތާގައި ހިފަހައްޓައި އަނބުރާ ސްރީ ލަންކާ އަށް ފޮނުވައިލުމުން ރޭ ރާއްޖެ އައުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މާލޭގެ ހަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުން ނުވަ ކިލޯގެ ޑްރަގް ހޯދި މައްސަލައެއްގައި ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު މައްޗަށް ކުރި ދައުވާ ސާބިތުނުވުމުން އޭނާ ހުރީ މިނިވަން ވެފަ އެވެ. ނަމަވެސް ރާއްޖެ އަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި ވެސް އަރުޝަދު އިސް ދައުރެއް އަދާކުރި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ މަސްތުވާތަކެތި އަތުލައިގަތުމުގެ ކުރިން އަރުޝަދު ރާއްޖެ އިން ބޭރަށް ފުރި އެވެ. އޭގެ ފަހުން ރާއްޖެ އަނބުރާ ނާދެ އެވެ.
ފަހުން ތުހުމަތުކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަދިވެސް ކޯޓުން ނުނިމެ އެވެ.
ސްރީ ލަންކާގައި ދިރިއުޅޭ އަރުޝަދު މިދިޔަ ހަފުތާގައި ދުބާއީ އަށް ދިއުމުން އެއާޕޯޓުން ހިފަހައްޓައި އެންގީ އެނބުރު ލަންކާ އަށް ދިއުމަށެވެ. އެކަމަކު ލަންކާގެ އިމިގްރޭޝަނުން ހިފަހައްޓައި ރެއާ ހަމައަށް އޭނާ ހުރި އިމިގްރޭޝަންގެ ޑިޓެންޝަނުގަ އެވެ.
އަރުޝަދުގެ ގާނޫނީ ވަކީލު އަހުމަދު ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ، އަރުޝަދު ލަންކާގެ އެއާޕޯޓުގައި ތާށިވެފައި ހުރުމަށް ފަހު، ރާއްޖެ އައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ އައީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވިޔަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވި ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ވަކީލު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވި ގޮތުގައި، އަރުޝަދު ދުބާއީ އަށް ދިޔަ ތަނުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ލަންކާ އަށް ފޮނުވައިލި ސީދާ ސަބަބެއް އަދިވެސް ނޭނގެ އެވެ. ލަންކާ އިން ވެސް އޭނާ ދޫކޮށްނުލުމުން އެއާޕޯޓަށް އެ ގައުމުގެ ވަކީލަކު ފޮނުވައިގެން ވެސް މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރި ކަމަށް ނާޝިދު ވިދާޅުވި އެވެ.
އަރުޝަދު ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް އަދި ނުދޭ ކަމަށް ނާޝިދު ވިދާޅުވި އެވެ.
ދުބާއީ އެއާޕޯޓުން އަރުޝަދު ހިފަހައްޓައި، ލަންކާ އަށް ފޮނުވުމާ ގުޅިގެން، ވަކީލު ކުރިން ވިދާޅުވީ، އަރުޝަދަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާ ދިރިއުޅެނީ ލަންކާގައިކަން ކޯޓުތަކަށް ވެސް އެނގޭ ކަމަށެވެ. އަރުޝަދަށް ކުރާ ބޭސްފަރުވާގެ ތަފްސީލުތައް ކޯޓަށް ދީފައިވާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
އަރުޝަދު ހޯދަން ފުލުހުން މަސައްކަތް ކުރާކަން އެނގިފައިނުވާ ކަމަށާއި 119 ކިލޯގެ މައްސަލައިގައި ވެސް އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރާ ކަމެއް އެނގިފައި ނުވާ ކަމަށް ވެސް ވަކީލު ނާޝިދު ވިދާޅުވި އެވެ.
އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލައިގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލ ކޯޓުގައި ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ޖިހާދުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި
ވެކްސިނާ ދެކޮޅު ފޮތް ދޭން އެންގި އަމުރު ފަސްކޮށްފި
ޝާދިޔާ ގޯސްކޮށް ބަންދުކުރިޔަސް ބަދަލު ނަގައިނުދިން
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ