ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
19 ސެޕްޓެމްބަރ 2024
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި، ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރު ކުރުމަށްފަހު މިމަހު ކުރީކޮޅު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލާގައި ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމުންނެވެ.
ފުލުހުން ބުނީ އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން ވެސް އެކަން ހުއްޓާނުލި ކަމަށެވެ.
ޝާދިޔާ އާއި ޑރ. ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑްތައް ބޮއިކޮޓްކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އުޅުނު ދެ މީހުންނެވެ.
އެމީހުން ބަންދުކުރުމާ ގުޅިގެން އަދާލަތު ޕާޓީ އާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު އެކަން ސަރުކާރުގެ އިސް ބޭފުޅުން އެކަން ދިފާއު ކުރެއްވި އެވެ.
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން އެދެފި
އެމްބަސީ ކައިރީގައި މުޒާހަރާކުރި މީހުން ބަންދަށް
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ޝާދިޔާ ގޯސްކޮށް ބަންދުކުރިޔަސް ބަދަލު ނަގައިނުދިން
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ