މީގެ 60 އަހަރު ކުރިން ދައުލަތުން އަތުލި އަމިއްލަ ބައެއްގެ ބައްތެއްޔެއްގެ މައްސަލާގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
29 ސެޕްޓެމްބަރ 2022
މީގެ 60 އަހަރު ކުރިން ދައުލަތުން އަތުލި އަމިއްލަ ބައެއްގެ ބައްތެއްޔެއްގެ މައްސަލާގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ގދ. ތިނަދޫ މީހަކު ސިވިލް ކޯޓުގައި މިއަހަރު ދައުވާކުރީ އޭނާގެ މަންމަ އާއި ދޮންބައްޕަގެ އަމިއްލަ މަސައްކަތުން 1962 ވަނަ އަހަރު ބަނދެފައި އޮތް 18 ރިޔަނުގެ އާ ބައްތެއްޔެއް ދައުލަތުން ނީލަމުގައި ވިއްކާލާފައިވާތީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެ މީހާ ކޯޓަށް ހުށަހެޅި އަންދާސީ ހިސާބުތަކުގައިވާ ގޮތުން އެވަރުގެ ބައްތެއްޔެއްގެ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.
ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު މައްސަލަ ބޭރުކޮށްލީ އެ ބައްތެލީގެ މިލްކުވެރިކަން ސާބިތުވެފައި ނެތުމާއި އެ ބައްތެލި ދައުލަތުން އަތުލީ ވެރިފަރާތުގެ ނުރުހުމުގައިކަން އަދި އެކަމުގެ ޒިންމާ ނަގަންޖެހެނީ ދައުލަތުގެ ކޮން އިދާރާއަކުން ކަން އެ މީހާއަށް ބުނެދެވިފައި ނެތުމުން ކަމަށް ބުނެ އެވެ.
އެ ނިންމުން އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބޭރުކޮށްލީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ދައުލަތުން ނެގި އިޖްރާއީ އިއުތިރާޒަކާ ގުޅިގެންނެވެ. ދައުލަތުން ހުށަހެޅީ ގާނޫނީ ބަހުސެއް ނެތި އިސްތިއުނާފް ހުށަހަޅާފައިވާތީ އެ މައްސަލަ ބޭރުކުރުމަށެވެ.
ހައިކޯޓުން ވެސް ނިންމީ ސިވިލް ކޯޓުގެ ނިންމުމާ މެދު ބަހުސް ކުރާނެ ގާނޫނީ ނުކުތާއެއް ދެއްކިފައި ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހުން ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލާގައި މީގެކުރިން ވަނީ އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތަކެއް ބާއްވައި، އެރަށު މީހުންގެ ބަޔާންތައް ވެސް ނަގައިފަ އެވެ.
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ކައިޒީންގެ ޝަރީއަތް މަޑުޖައްސާލަން އަންގައިފި
ހައްޔަރުކުރި ފުލުސް ބުނަނީ މަގާމުގެ ހުވާނުކުރާކަމަށް
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ސަސްޕެންޑްކުރި މައްސަލާގައި ތިނަދޫ މޭޔަރު ކޯޓަށް
ކުއްޖަކު އެލްކޭޖީއަށް ޕްރޮމޯޓްކުރުމަށް ވަގުތީ އަމުރެއް
ސެންޓަ އެންޓަޕްރައިސަސްއަށް ބަދަލު ދިނުން ހުއްޓުވައިފި
ކެމިކަލް ގުދަނުގެ އަލިފާނަކީ އިހުމާލެއް: ހައިކޯޓު
ފައިސާ ނުދޭން ލިޔުންތައް ސިއްރުކުރި ކަމުގެ ތުހުމަތު
ސެންޓަ އެންޓަޕްރައިސަސްގެ ފޭކު ލިޔުން މައްސަލަ ޕޮލިހަށް