29 ސެޕްޓެމްބަރ 2022
މީގެ ނުވަ ވަރަކަށް އަހަރު ކުރިން އިންޑިއާއިން ރާއްޖެ އަށް އައި މީހަކު އަރައިގެން ހުރި ބޫޓުގެ ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފުލުހުން ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ބުނާ ވާހަކަ އެ އޮފީހުން ދޮގުކޮށްފި އެވެ.
މީގެ ނުވަ ވަރަކަށް އަހަރު ކުރިން އިންޑިއާއިން ރާއްޖެ އަށް އައި މީހަކު އަރައިގެން ހުރި ބޫޓުގެ ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފުލުހުން ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ބުނާ ވާހަކަ އެ އޮފީހުން ދޮގުކޮށްފި އެވެ.
އިންޑިއާއިން 2013 ވަނަ އަހަރު ރާއްޖެ އައި ދެ މީހަކު ހައްޔަރުކޮށް، ދައުލަތުން ދައުވާކުރީ އޭގެ ތެރެއިން އެކަކުގެ ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުމުންނެވެ. އެކަމަކު ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައި ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުން ސަލާމަތްވީ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ލިޔުންތައް ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ. އެކަމަކު، ފުލުހުން ބުނެފައި ވަނީ ޕީޖީ އޮފީހަށް ހުރިހާ ލިޔުމެއް ހަމައަށް ފޮނުވި ކަމަށެވެ.
އެހެންނަމަވެސް، ޗެއިން އޮފް ކަސްޓަޑީގެ ހުރިހާ ލިޔުމެއް ފުލުހުން ޕީޖީ އޮފީހާ ހަވާލު ކުރި ކަމަށް ބުނާ ވާހަކަ އެ އޮފީހުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޗެއިން އޮފް ކަސްޓަޑީގެ ލިޔުންތަކުގެ ތެރެއިން ފުލުހުން ޗެއިން އޮފް ކަސްޓަޑީގެ ކުޑަ ކާޑު ޕީޖީ އޮފީހަށް ފޮނުވާފައި ނެތް ކަމަށެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުންތަކެއް ފޮނުވާފައިވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުންނާއި ތަހުގީގު ޓީމުން ދޭ ކަމަށެވެ. އަދި އެ ލިޔުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ނެތްކަން އެނގުނީ ހުކުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެކި ގޮތްގޮތަށް މީޑިއާ އަށް މައުލޫމާތު ދޭ ކަމަށް ބުނެ އެކަމާ ގުޅިގެން ޕީޖީ އޮފީހާއި ފުލުހުންނާ ވާހަކަ ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއް ކުރާ ހެކި ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ގެންދާއިރު، އެ ހެއްކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ކަށަވަރު ކުރަން، ހެކިތަކަށް އެވިޑެންސް ނަމްބަރު ދީ، އެ ތަކެއްޗާ ހަވާލުވި ފަރާތްތަކުގެ މައުލޫމާތާއި، ހަވާލުވި ވަގުތާއި ތާރީހުތައް ހިމަނައި އެ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ގެންދިޔަ ގޮތުގެ ސިލްސިލާ އެނގޭ ލިޔުންތަކެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލާގައި ޗެއިން އޮފް ކަސްޓަޑީގެ އަސްލު ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި ހަމައެކަނި ހުށަހެޅީ ތަހުގީގު މަރުހަލާގައި މާ ފަހުން ފުރާފައިވާ ފޯމެއް ކަމަށެވެ. އެހެންވެ، އެއީ ދައުވާ ލިބުނު މީހެއްގެ ބޫޓު ތެރެއިން ފެނުނު މަސްތުވާތަކެތިކަން ކަށަވަރުވާނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި
އަރުޝަދު ހާޒިރުކުރަން ނެރުނު އަމުރު ގޯސް
ކުޑަކަމުދާތަކެތި ޓެސްޓު ނުކުރެވި ޑްރަގް ފަރުވާ ނުދެވޭ
މިފަހަރު މައްސަލައަކީ ޑްރަގްސް ހޯދަން ހުއްދަ ދިން މީހާ
"ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި ފާސްކުރުމުން"
ޓިކްޓޮކް ތަރި ހުނޫއަށް ޑްރަގް ޓްރެފިކިންގެ ދައުވާ
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް