30 ޖޫން 2022
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމަށް ލެބޯޓްރީއަކާ އެކު ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަވުމުން، ގާނޫނުގައި ބުނާ ގޮތަށް ޓެސްޓްތައް ނުހެދި މީގެ މައްސަލަތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމަށް ލެބޯޓްރީއަކާ އެކު ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަވުމުން، ގާނޫނުގައި ބުނާ ގޮތަށް ޓެސްޓްތައް ނުހެދި މީގެ މައްސަލަތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރުމަށް ނަގާ ސާމްޕަލް ދެ ބަޔަކަށް ބަހައި އެ ދެ ބައި ވަކިން ޓެސްޓުކުރަންޖެހެ އެވެ. އެ ދެ ބައިގެ ތެރެއިން އެއް ބައިގެ ޓެސްޓު ހަދަން ޖެހޭނީ ފުލުހުންނެވެ. އަނެއް ބައި ޓެސްޓު ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހުއްދަ ދީފައިވާ ލެބޯޓްރީތަކުގެ ތެރެއިން ފަރާތަކާ ހަވާލުކުރަންޖެހެ އެވެ.
އެނގިފައިވާ ގޮތުގައި ކުޑަކަމުދާ ތަކެތީގެ ދެ ވަނަ ސާމްޕަލް ޓެސްޓުކުރަން އެންޑީއޭއިން ސޮއިކޮށްފައި އޮތީ މެޑްލެބާއެކުގަ އެވެ. އެ ކުންފުންޏާ އެކު އެގްރިމެންޓް ހަދައި، ޓެސްޓުކުރަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވިޔަސް، އެ އެއްބަސްވުން މި އަހަރުގެ ކުރީ ކޮޅު ވަނީ ހަމަވެފަ އެވެ.
އެކަމަކު، އެއްބަސްވުމުގެ މުއްދަތުގެ އިތުރަށް ވެސް މެޑްލެބުން އެ ސާމްޕަލްތައް ޓެސްޓުކޮށްދިނެވެ.
އެންޑީއޭ އިން މިދިޔަ މާޗު 27 ގައި ކުރި އިއުލާނުގައި ވަނީ ފުލުހުން ނަގާ ކުޑަކަމުދާތަކެތީގެ ދެ ވަނަ ސާމްޕަލް އެއް އަހަރު ދުވަހަށް ޓެސްޓުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކި މައްސަލަތަކާ ގުޅިގެން އެ މަސައްކަތްކުރަން ބަޔަކާ އެކަން ހަވާލުކުރެވޭ ގޮތެއް އަދި ނުވެ އެވެ.
"އެގްރިމެންޓް ހަމަވެގެން ދިޔައިރު ވެސް އެކަމަށް އެންޑީއޭއަށް ގޮތެއް ނުނިންމުނު،" އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުވާ އެއްވެސް މީހެއްގެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާއިރު ޕޮލިހުން ހަދާ ސާމްޕަލްގެ އިތުރުން ދެ ވަނަ ލެބޯޓްރީއަކުން ޓެސްޓުކޮށްފައިވާ ސާމްޕަލްގެ ނަތީޖާ ބޭނުންވެ އެވެ.
އެ ނަތީޖާއާ ނުލައި އެއްވެސް މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ އެވެ.
"މައްސަލަތައް ޕީޖީ އޮފީހަށް އަދި ޕީޖީ އޮފީހުން ޑްރަގް ކޯޓަށް ވެސް ނުފޮނުވޭނެ ދެ ވަނަ ލެބޯޓްރީއެއްގެ ސާމްޕަލް ނެތިއްޔާ،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
ޑްރަގްގެ މާސްޓާ ލިސްޓްގައި 3،300 މީހުން!
މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި 400އެއްހާ މީހުން
ޑްރަގް ފަރުވާގެ ނިޒާމު ބޮއްސުންލާފައި
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ރާއްޖޭގައި ޑްރަގުގައި ނުޖެހޭ ރަށެއް ނެތް: ލުބްނާ
ފަރުވާއަށް އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަނީ
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ