މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
26 އެޕްރީލް 2025
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަމަވެސް އެރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ޓެސްޓު ނުކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ މައްސަލާގައި ޕީޖީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކުޑަކަމުދާތަކެތި ދޭން އެންގުމުން އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން، ޔުމްނުގެ މައްސަލަ ތަހުގީގުކުރާ އެއްވެސް ފުލުހަކު އިހުމާލުވެފައިވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.
"މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ،" އެ ބަޔާނުގައިވެ އެވެ.
ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓު.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އެރޭ އުޅުނު އަދި ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އޭނާއާ އެކު ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އެއީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން އެރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، އެ މީހުންގެ ފޯނުތައް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވިޔަސް، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނުއާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން، ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ކޯޓުގައި ނުބުނެ އެވެ.
ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ޕީޖީ އަންގައިފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ފުވައްމުލަކު ޑްރަގްކޭސް:ތަހުގީގު ފުރިހަމަކުރަން އެދިއްޖެ
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ދެކިލޯ ޑްރަގް،50 އަހަރުގެ ޖަލު އަދަބު 25 އަހަރަށް
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި