29 ސެޕްޓެމްބަރ 2022
ލ. އަތޮޅު ތަރައްގީކުރުމުގައި ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ހިސާބުގައި މެޑިކަލް ޓޫރިޒަމް ފުޅާކުރަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅު ތަރައްގީކުރުމުގައި ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ހިސާބުގައި މެޑިކަލް ޓޫރިޒަމް ފުޅާކުރަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފަރުވާ ހޯދުމުގައި މާލެ އަށް ބަރޯސާވުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ފަސް ޒޯނެއް ކަނޑައަޅައި، އެ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ތަނުން އެއް ތަނަކީ، ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމެވެ.
އެ ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފައްޔާޒު މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ވިދާޅުވީ ބިން ބޮޑު ރަށަކަށް ވުމާއި އުޅެން ހިތް ފަސޭހަ ތަނަކަށްވުމުން ލ. އަތޮޅުގައި މި ވަގުތު ކުރަމުން އަންނަނީ ސިއްހީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުން ވަނީ ގަމުގައި ޓާޝަރީ އާ ހޮސްޕިޓަލަކާއި ކެންސަރު ބައްޔަށް ވަކި ހޮސްޕިޓަލެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސްޕެއިންގެ ކުންފުންޏަކާ އެކު އަދި ފުލީ ފްލެޖް ކެންސަރު ހޮސްޕިޓަލެއް އަޅަން ހަމަޖައްސާފައި ވަނީ އިންޑިއާގެ ކުންފުންޏަކުންނެވެ.
ވަކި ބައްޔަކަށް ހާއްސަކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލް ހަދަން ފުރަތަމަ ނިންމީ ހުޅުމާލޭގަ އެވެ. އެކަމަކު، ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ ވިސްނުންތަކާ އެކު އެ ހޮސްޕިޓަލް ގަމަށް ބަދަލުކުރީ އެވެ.
ފައްޔާޒު ވިދާޅުވީ އެ މަޝްރޫއު ވެސް ލަސްވެގެން ދިޔައީ ވެސް ގަމަށް ބަދަލުކުރުމުން ކަމަށެވެ.
ލ. ގަމުގައި ފެށި ވިއަވަތި ކޮންފަރެންސްގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މައިގަނޑުކޮށް ލާމަށް މި ބަލަނީ ޓޫރިޒަމާއި ހެލްތު ކެއާ އިންޑަސްޓްރީ އަދި އަޅުގަނޑުމެން ކޮންމެ ވެސް ވަރަކަށް އެކްސްޕްލޯ ކުރަމުން މި ދަނީ ހަޔަ އެޑިއުކޭޝަން، އެ ހިސާބުގެ ހަބަކަށް ހެދޭތޯ. ޔުނިވާސިޓީތަކާ އެއްޗެހި އެކްސްޓްރެކްޓްކުރުމަށްޓަކައި ހާއްސަކޮށް ހޮޓަލް ރިލޭޓެޑް ޓޫރިޒަމް ރިލޭޓެޑް ޕްލަސް މެޑިކަލް ރިލޭޓެޑް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކައްދޫ އެއާޕޯޓު ވެސް އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް އަހަރަކު 1.1-1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރުމުގެ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. އިހަވަންދިއްޕޮޅުގެ އިތުރުން ލ. އަތޮޅުގައި ވެސް ބަންކަރިންގެ ހިދުމަތް ދެވޭނެ ސްކޯޕް ހުރި ކަމަށް، އެކަމާ ގުޅޭ ދިރާސާއަކުން ދައްކާތީ އެކަންކަން ބަލަމުން އަންނަކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އުއްމީދީ ކަންތައްތަކެއް އެބަހުރި. އަވަސް މުސްތަގުބަލެއްގައި އޭގެ ނަތީޖާ ފެންނާނެ ކަމަށް މި ދެކެނީ." އޭނާ ވިދާޅުވި އެވެ.
ގަމުގައި މި މަހުގެ 10-12 އަށް ބޭއްވި ވިއަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވަނީ ބިން ކުދި ރަށްރަށް ހިއްކުމުގެ ބަދަލުގައި ލ. އަތޮޅުގައި ހުސްކޮށް ހުރި ބިންތައް ބޭނުންކުރަން އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެގޮތަށް މީހުން ބަދަލުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވިއަސް ރަނގަޅު ސިއްހީ ނިޒާމާއި ތައުލީމު އަދި ވަޒީފާގެ ފުރުސަތުތަކާ އެކު އެކަން ބަދަލުވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، ގަން-ފޮނަދޫގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ސިޒޭރިއަން ހެދިއިރު އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް ފަށައިފި
އެންމެ ގިނައިން ރޯގާ ޖެހެނީ ލ. އަދި ރ. އަތޮޅުން
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި