މާފަންނު މަދަރުސާގެ ޖާގަ ބޮޑުކުރުމަށްޓަަކައި، އެ ސްކޫލުގެ ބާ އިމާރާތް ތަޅާލަން ފަށައިފި އެވެ.
07 ޖެނުއަރީ 2017
މާފަންނު މަދަރުސާގެ ޖާގަ ބޮޑުކުރުމަށްޓަަކައި، އެ ސްކޫލުގެ ބާ އިމާރާތް ތަޅާލަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ، ތަޅާލަމުން އަންނަނީ ބާ ވުުމުގެ ސަބަބުން ބޭނުން ނުކުރާ އިމާރާތެއް ކަމަށެވެ. އެތަން ތަޅާލިކަމުގައި ވިއަސް، ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އިމާރާތުގައި ކިޔަވައިނުދޭތާ މިހާރު ތިން އަހަރު ވެއްޖެ. އެހެންވެ އެތަން ތަޅާލައި ސްކޫލުގެ ގޯތިތެރެ ބޮޑުކޮށް، ދަރިވަރުންނަށް އުޅެން ފަސޭހަ މާހައުލެއް މި ގާއިމްކޮށްދެނީ،" އަބްުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުން ކުޅޭނެ ސާމާނުތައް ވެސް މި މަސް ނިމުމުގެ ކުރިން ބަހައްޓާނެ އެވެ.
އެ ތަން ތަޅާލުމުގެ މަސައްކަތްތައް ލަހުން ފެށުނީ އިދާރީ މަސައްކަތްތަކާ ގުޅިގެން ކަމަށާއި ނަމަވެސް މާދަމާ ދަރިވަރުން ސްކޫލަށް ދާއިރު، "ތަފާތު ސްކޫލެއް" ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު މަދަރުސާ ތަޅާލުމުގެ މަސައްކަތް ކުރަނީ: .-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު
"މިހާރު ބާ އިމާރާތުގެ ފާރު ވެސް ތަޅާލާފައި، ސްކޫލުގެ އެތެރެ ފެންނާނެ މިހާރު. ހިތްގައިމު ތަނަކަށް ސްކޫލު ބަދަލުކޮށްލާނަން،" އަބްދުﷲ ވިދާޅުވި އެވެ.
ރަސްމީ ތައުލީމުގެ ގޮތުގައި ބަލަމުން އަންނަ އެލްކޭޖީ އަދި ޔޫކޭޖީގައި މާފަންނު މަދަރުސާގައި 400 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. ނާސަރީ އަދި ބޭބީ ނާސަރީ ހިމަނައިގެން މުޅި ޖުމްލަ 800 އެއްހާ ދަރިވަރުން އެ ސްކޫލުން ކިޔަވާނެ އެވެ.
މާފަންނު މަދަރުސާގައި ކިޔަވައިދޭން 13 ކްލާސްރޫމް ހުރެ އެވެ.
މިިދިޔަ އަހަރުން ފެށިގެން މާފަންނު މަދަރުސާގައި ކިޔަވައިދެމުން އަންނަނީ ޕްރީ ސްކޫލު ބައިގައި އެކަންޏެވެ.
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ