25 ސެޕްޓެމްބަރ 2022
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް އޮތް ނަމަ، ގައުމަށް ވަންނަ އާމްދަނީ މިހާރު ހުންނާނީ މިހާރަށް ވުރެ މަތީގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް އޮތް ނަމަ، ގައުމަށް ވަންނަ އާމްދަނީ މިހާރު ހުންނާނީ މިހާރަށް ވުރެ މަތީގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން، ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ރާއްޖެ އަށް ވަރަށް ބޮޑު ފައިދާއެއް ހާސިލް ކުރެވޭނެ ކަމަށެވެ.
އެމްޕީއެލް އުފެދުމުގެ ކުރިން ވެސް ރާއްޖޭގައި ބަނދަރުގެ ހިދުމަތް ދިން ނަމަވެސް، ރާއްޖޭގެ އިގްތިސޯދު ކުރިއަރައި، އެތެރެކުރާ މުދާ އިތުރުވި ވަރާ ގާތަށް ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީ ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތުމަކީ، މުޅި ރާއްޖޭގެ އިގްތިސޯދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ.
އެހެން ކަންކަން ދިމާވެފައި ވަނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދުރާލައި ރާވާފައިވާ ޕްލޭނެއް ނެތި، އެ ވަގުތަކު ޖެހޭ ކަމެއް ހައްލުކުރުމަށް ބަނދަރަށް ގެންނަން ޖެހުނު ބަދަލުތައް ގެނައުމުގެ ސަބަބުންނެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އޭގެ ސަބަބުން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭރުން ގެންނަ މުދާ، ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވުމަކީ، އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް. އަދި ބަނދަރު ބޮޑުކުރެވޭކަށް ވެސް މާލެއަކު ނެތް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެމްޕީއެލްގެ ބައެއް އިސްވެރިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގެ ވިޔަފާރި ބަނދަރުގައި މިހާރު ވެސް ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ނެތުމާއި ބޯޓު ގާތްކުރުމަށް ގޮންޖެހުންތައް ހުންނަ ކަމަށް އެމްޕީއެލުން އެތައް ފަހަރަކު ބުނެފައި ވެ އެވެ.
އެ ކަމަށް ހައްލެއް ހޯދަން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއެއް މި ސަރުކާރުން ވަނީ ފަށައިފަ އެވެ. އެ ކަމަށްޓަކައި މިހާރު ވެސް ގުޅިފަޅުން ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ.
އެ މަޝްރޫއު ނިމި، ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، އެ ތަނުގެ ހަރަކާތްތައް ހަލުވި ވެ، ހިދުމަތްތައް އަވަސް ވާނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ. އާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުން، މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އެ ބަދަލާއެކު އިތުރު ފައިދާތަކެއް ވާނެކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް މަދުވުމާއި އަދި މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް އެހެން ހިދުމަތްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމްޕީއެލުން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރަމުންނެވެ. ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގައި ހިންގާ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތާއި ގދ. ތިނަދޫގައި ހަދަން ރާވާފައިވާ ސަރަހައްދީ ބަނދަރު ފާހަގަކޮށްލެވެ އެވެ.
ތިލަފުށީގައި ތަރައްގީ ކުރާ ބަލްކް ޓާމިނަލް އަންނަ އަހަރުގެ މެދުތެރޭގައި ނިމުމާއެކު، ހިލަ އާއި ހިލަވެލި އެތެރެކުރަން ފަށާނެ ކަމަށާއި އެއީ މިހާތަނަށް އެމްޕީއެލުން ކުރަމުން އައި ކަމެއް ނޫންކަން ރައީސް ރޭ ފާހަގަކުރެއްވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ހަލުވި ވުމަކީ އެ މަނިކުފާނުގެ އުންމީދެކެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކޮވިޑް-19 ގެ ދުވަސްވަރު އެމްޕީއެލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައި އެވެ.
އެމްޕީއެލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފަކަށް ރައީސް ރޭ ހަނދާނީ ފިލައެއް ދެއްވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޕީއެލަކީ 1986 ވަނަ އަހަރު ވުޖޫދުވި ކުންފުންޏެކެވެ. އެ ކުންފުނިން ގައުމީ މައި ވިޔަފާރި ބަނދަރު ބަލަހައްޓަމުން އަންނަތާ 36 އަހަރު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސާއެކު ބައެއް ކެބިނެޓް މެންބަރުންގެ އިތުރުން އެމްޕީއެލްގެ އިސްވެރިންނާ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އެމްޕީއެލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނާއި ރިޓަޔާ ކުރި މުވައްޒަފުންނަށް ހާއްސަ ހަނދަނީ ފިލައެއް ވަރޭ ދިނެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އޮންލައިން ތިން ހިދުމަތެއް ތައާރަފު ކުރުމުގެ އިތުރުން އެމްޕީއެލްގެ ސީއެސްއާރުގެ ދަށުން ކޮމިއުނިޓީ ފަންޑެއް ވެސް އިފްތިތާހުކުރި އެވެ.
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
މުޅި ރާއްޖެއަށް މެރިޓައިމް ދާއިރާ ފުޅާކުރާނަން: ވަޖީހު
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް