ބީއެމްއެލް އިން މެސެޖް އެލާޓް ފޮނުވުމުގައި ބަދަލެއް ގެނެސްފި އެވެ.
23 ސެޕްޓެމްބަރ 2022
ބީއެމްއެލް އިން މެސެޖް އެލާޓް ފޮނުވުމުގައި ބަދަލެއް ގެނެސްފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ޕްރޮމޯޝަނަލް މެސެޖާއި އެވެއާނަސް އަދި އަޕްޑޭޓްތަކުގެ މެސެޖުތައް ފޮނުވާނީ "ބީއެމްއެލް" ޖަހާފައިވާ އައިޑީއަކުންނެވެ. އަދި ބޭންކްގެ ޓްރާންސެކްޝަންތަކާއި އޯޓީޕީ މެސެޖްތައް ދާނީ 455 ނަންބަރުން ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލް އިން މީގެ ކުރިން ފޮނުވާ ހުރިހާ އެސްއެމްއެސް މެސެޖުތަކެއް ފޮނުވަނީ 455 ނަންބަރުންނެވެ. މި ބަދަލު ގެންނައީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކޮށްދިނުމަށް ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން އަންނަނީ، އޮޅުވާލައިގެން ފައިސާ ހޯދަން ބޭންކުގެ ނަމުގައި އާ އުކުޅުތަކެއް ސްކޭމަރުން ބޭނުންކުރާތީ އެކަމަށް ސަމާލުވާން އެދިފަ އެވެ.
މިހާރަކަށް އައިސް އެ ބޭންކާއި އެނޫން ވެސް އިދާރާތަކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އާންމުންނަށް ގުޅަމުންދެ އެވެ.
އަދި ބޮޑެތި އަދަދުތަކުން ފައިސާ ލިބޭނެ ކަމަށް ބުނާ އެސްއެމްއެސްތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ. އެފަދަ މެސެޖުތަކުގައި ހުންނަ ލިކްތްތަކަށް ނުފިތުމަށް ބޭންކުން މީގެ ކުރިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމް ހުއްޓުވަން ބީއެމްއެލް އިން "ކިލް ސްވިޗް" އެއް
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ
ބީއެމްއެލްއަށް 497 މިލިއަންގެ ފައިދާ
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި