22 ސެޕްޓެމްބަރ 2022
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު މިއަދު އައްޔަން ކުރެއްވިއިރު، މި ސަރުކާރުގައި މިހާތަނަށް އެ މަގާމު ފުރުއްވި މަރިޔަމް ޝަފީގު އެންސްޕާގެ ސީއީއޯއަކަށް އަނެއްކާވެސް ބަދަލުކޮށްފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު މިއަދު އައްޔަން ކުރެއްވިއިރު، މި ސަރުކާރުގައި މިހާތަނަށް އެ މަގާމު ފުރުއްވި މަރިޔަމް ޝަފީގު އެންސްޕާގެ ސީއީއޯއަކަށް އަނެއްކާވެސް ބަދަލުކޮށްފި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވައިފަ އެވެ. އެކަމަކު، ނޮވެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން މާޗް 2019 ގައި މަރިޔަމް ބަދަލުކުރެއްވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އެ ލަގަބާއެކު އޭނާ ވެވަޑައިގަތީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީއަށެވެ.
އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމަށް މިއަދު އައްޔަންކުރެއްވި އައްޒާމް
އެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާތަނަށް ހުންނެވީ އައްޒާމެވެ. އެ ދެ ބޭފުޅުން އެއްތަނުން އަނެއް ތަނުގެ މަގާމަށް ބަދަލުކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
މަރިޔަމް މީގެ ކުރިން ވެސް ވަނީ އެންސްޕާގެ ސީއީއޯގެ އިތުރުން އެ އިދާރާގެ އެހެން އިސް މަގާމުތަކާއި ސިއްހީ ދާއިރާ އާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މަރިޔަމް ވަނީ ތައިލެންޑްގެ ޗުލަލޯންކޯން ޔުނިވާސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާ އިން މާސްޓާ ޑިގްރީ ހާސިލު ކުރައްވައިފަ އެވެ. އޭނާ ވަނީ ހެލްތު އިކޮނޮމީގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނަންގަވައިފަ އެވެ. ނަރުހެއްގެ ގޮތުގައި ވެސް ކުރިން އުޅުއްވި މަރިޔަމް ވަނީ އެލައިޑް އިންޝުއަރެންސްގެ ޓެކްނިކަލް މެނޭޖަރުކަމާއި ގައުމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި ވެސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އާސަންދައިގެ އެމްޑީ މައުމޫން ހައުސިންއަށް ބަދަލުކޮށްފި
ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ
ދެފަހަރު މެޑިކަލްޗެކަޕް ހެދޭނީ ޑޮކްޓަރެއްގެ ލަފަޔަށް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
ނުކުޅެދޭ މީހުންގެ އެލަވަންސަށް އިތުރު 12 މިލިއަން
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އާސަންދައިގެ އެމްޑީއަކަށް އައްޒާމް
އަހަރެމެން ބޭސް ބޭނުންކުރަނީ މާ ގިނައިން!
އާސަންދަ ލިބުނަސް ސަލާން ޖެހުން ނުހުއްޓުނު!