ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި އަދިވެސް އެހެން ޖޯގްރެފިކް ތަންތަނަށް ނަން ދިނުމަށް ހާއްސަކޮށް، ސަރުކާރުން އިއްޔެ ކޮމެޓީއެއް އެކުލާވާލައިފި އެވެ.
22 ސެޕްޓެމްބަރ 2022
ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި އަދިވެސް އެހެން ޖޯގްރެފިކް ތަންތަނަށް ނަން ދިނުމަށް ހާއްސަކޮށް، ސަރުކާރުން އިއްޔެ ކޮމެޓީއެއް އެކުލާވާލައިފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، އެއީ ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި ހާހަލާއި އިދާރީ ދާއިރާތަކާއި އަދި ޖޯގްރަފީ ގޮތުން އެހެނިހެން ވެސް ހާއްސަ ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައި ނުވާ ތަންތަނަށް ނަމެއް ދިނުމަށާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާހުކުރުމުގެ ގޮތުން އެކުލަވާލި ކޮމެޓީއެއް ކަމަށެވެ.
އެ ކޮމިޓީގައި ސަރުކާރުގެ ނުވަ އިދާރާއެއް ހިމެނެ އެވެ. އެއީ؛
- މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ
- ރައީސް އޮފީސް
- ޕްލޭނިން މިނިސްޓްރީ
- އެންވަޔަރަންމަންޓް މިނިސްޓްރީ
- ދިވެހި ބަހުގެ އެކަޑެމީ
- ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ މިނިސްޓްރީ
- ޓޫރިޒަމް މިނިސްޓްރީ
- ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)
- އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ
ލ. ގަން: ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި އަދިވެސް އެހެން ޖޯގްރެފިކް ތަންތަނަށް ނަން ދިނުމަށް ހާއްސަކޮށް، ސަރުކާރުން އިއްޔެ ވަނީ ކޮމެޓީއެއް އެކުލާވާލައިފައި -- ފައިލް ފޮޓޯ
އެ ކޮމިޓީން ޖޯގްރެފިކް ތަންތަނަށް ނަން ކިޔުމުގައި އަމަލުކުރާނެ އުސޫލު ވެސް އެ އިއުލާނުގައިވެ އެވެ.
ނަން ދިނުމުގައި ދިވެހި ބަހުން ކިޔާ ނަމަކަށް ވުމާއި މުޖުތަމައުގެ އަހުގާލީ މިންގަނޑުތަކަށް ފެތޭ، ސާދާ އަދި ކިޔަން ރީތި ފަސޭހަ ނަމަކަށް ވާން ޖެހެ އެވެ. އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުމާއި ރަށް ނުވަތަ އެ ރަށެއް އޮތް ސަރަހައްދުގައި ފެންނަން ހުރި ކަންތައްތަކަށް މިސާލަކަށް ޖޯގްރެފީ، ޖިއޮލޮޖީ، ދިރޭތަކެތި އަދި ތާރީހަށް ރިއާޔަތްކޮށް ނަމެއް ދިނުން ވެސް ހިމެނެ އެވެ.
އެ އުސޫލުގައިވާ ގޮތުން، ތިން ވަނަ ފަރާތަކުން ޖޯގްރެފިކް ތަނަކަށް ނަން ކިޔަން ހުށަހަޅާ ނަމަ، ހުށަހަޅާ ނަންތަކާއި އެ ނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާ އެއްގޮތަށް ބަޔާންކުރަން ޖެހޭނެ އެވެ. އަދި ސަރުކާރުގެ އިދާރާއެއް ފިޔަވައި، ތިންވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެ ފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށަކަށްވާ ނަމަ އެވެ.
ރަށަކަށް ކިޔާ ނަމެއް ބަދަލުކުރަން ތިންވަނަ ފަރާތަކަށް ހުށަހެޅޭނީ އެ ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާ ނަމަ އެވެ. އަދި އެގޮތަށް ނަން ހުށަހަޅަން ވާނީ އެފަރާތާއި، ރަށް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާ މެދުވެރިކޮށް ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ ދުވަހު ގޫގުލްއަށް އެރީ ށ. އެރިޔަދޫ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި