22 ސެޕްޓެމްބަރ 2022
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ސިއްރު ކޮމެޓީއެއްގައި ދެއްކި ވާހަކަތަކެއް އޮޅުމަކުން ލައިވްކޮށްފައި އޮއްވައި އޭގެ ހަބަރުތައް ނޫހުން ނަގަން އެންގުމަކީ މަޖިލީހަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ސިއްރު ކޮމެޓީއެއްގައި ދެއްކި ވާހަކަތަކެއް އޮޅުމަކުން ލައިވްކޮށްފައި އޮއްވައި އޭގެ ހަބަރުތައް ނޫހުން ނަގަން އެންގުމަކީ މަޖިލީހަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް، ކޮމެޓީ ސިއްރު ކޮށްފައި އޮއްވައި، އެ ކޮމެޓީގެ 50 ވަރަކަށް މިނެޓްގެ އޯޑިއޯ މަޖިލީހަށް އެރި އޮޅުމެއްގެ ސަބަބުން ވަނީ ލީކްވެފަ އެވެ. އަދި، އެ ކޮމެޓީގެ ހަބަރު ޝާއިއުކުރި ނޫސްތަކުން އެ ހަބަރު ނަގަން އެދި މަޖިލީހުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ހަބަރު ޝާއިއުކުރުމުގެ ކުރިން، އެކަން ނުކުރުމަށް މަޖިލީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށް އެ ހަބަރު ލިޔުނު ނޫސްތަކުން އެ ޖަމިއްޔާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމެޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތު ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެހެން ކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރު ނެގުމަށް މަޖިލީހުގެ އިދާރާ އަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް މި ޖަމިއްޔާ ގަބޫލެއް ނުކުރަމެވެ،" ބަޔާނުގައި ވެ އެވެ.
"އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް މީޑިއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަކީ މި ޖަމިއްޔާ ގަބޫލު ކުރާ ހަމަ އެވެ."
އެކަމަކު މަޖިލީހުން ބުނެފައި ވަނީ އެއީ ސިއްރު ބައްދަލުވުމެއްކަން މީޑިއާ އަށް އަންގާފައިވާ ކަމަށެވެ.
"މި ދެންނެވި އޯޑިއޯ އަޑު އެހުމަށް ފަހު ބައެއް މީޑިއާތަކުން އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް، ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނައި، އެ ބައްދަލުވުމަށް ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް، މި ދެންނެވި ކޮމިޓީ އަށް ހަވާލާދީ ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާ އިން ނެގުމަށް ދަންނަވަމެވެ،" މަޖިލީހުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
މީޑިއާ ކޮންޓްރޯލް ބިލް އަނބުރާ ގެންދަން ހުށަހަޅައިފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ
"މީޑިއާ ބިލް އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް"
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"