21 ސެޕްޓެމްބަރ 2022
ނިޔޯން (ސެޕްޓެމްބަރު 21) - ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުން ރަޝިއާ ބޭރުކުރަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ނިންމައިފި އެވެ.
ނިޔޯން (ސެޕްޓެމްބަރު 21) - ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުން ރަޝިއާ ބޭރުކުރަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ނިންމައިފި އެވެ.
ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު، ޔުއެފާ އަދި ފީފާ އިން ވެސް ވަނީ ރަޝިއާގެ ގައުމީ ޓީމާއި ކުލަބުތައް ބައިނަލްއަގުވާމީ މުބާރާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.
ރަޝިއާ އިން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) ގައި މި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، މިދިޔަ ޖުލައި މަހު ކޯޓުން ނިންމާފައި ވަނީ ޔުއެފާ އަދި ފީފާގެ ނިންމުން ދަމަހައްޓާށެވެ.
ރަޝިއާއާ އަސްކަރީ ގޮތުން ގާތް ގުޅުމެއް ބާއްވާ ބެލަރޫސް އަށް ވެސް ޔޫރޯ އިން ޖާގަ ނުދޭން، މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޖަރުމަނުން ވަނީ ޔުއެފާ ގައި އެދިފަ އެވެ. ނަމަވެސް ޔުއެފާ އިން ނިންމީ، އަންނަ މަހު ބާއްވާ މުބާރާތުގެ ކޮލިފައިންގެ ގުރުއަތުލުމުގައި ބެލަރޫސް ހިމަނައިގެން ކުރިއަށް ގެންދާށެވެ.
ކޮލިފައިންގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު، ޖަރުމަންގެ ފްރެންކްފާޓުގަ އެވެ. ރަޝިއާ ސަސްޕެންޑް ކުރުމުގެ ސަބަބުން، ބެލަރޫސް އާއެކު ކޮލިފައިންގައި ޖުމްލަ 53 ޓީމެއް ވާދަކުރާނެ އެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި، އަވަށްޓެރި ޔޫކްރޭނާ އެއް ގުރޫޕެއްގައި ބެލަރޫސް ނުހިމަނަން، ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.
ބެލަރޫސް އަށް ޔޫރޯ ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ވާއިރު، އެ ގައުމުގެ ހޯމް މެޗުތަކަށް ސަޕޯޓަރުން ނުވައްދައި، އެހެން ގައުމެއްގައި ކުޅެން ޖެހޭ ގޮތަށް މިދިޔަ މެއި މަހު ޔޫއެފާ އިން ވަނީ ޝަރުތު ކޮށްފަ އެވެ. ނޭޝަންސް ލީގުގައި ވެސް މި އަހަރު ބެލަރޫސްގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ސާބިއާގަ އެވެ. ނަމަވެސް ބެލަރޫސްގެ ކްލަބް ފުޓުބޯޅަ ލީގުތައް ކުރިއަށް ދަނީ އެ ގައުމުގަ އެވެ.
ޔޫރޯ ކޮލިފައިންގެ ގުރުއަތުލުމުގައި ހިމެނޭ ޔޫއެފާގެ އެހެން ސިޔާސީ ނިންމުން ތަކުގެ ތެރޭގައި، އަޒަރުބައިޖާނާއި އަރުމީނިއާ އަދި ސްޕެއިން އާއި ޖިބްރާލްޓާގެ ކުރިމަތިލުންތައް ހުއްޓުވުން ހިމެނެ އެވެ. މީގެ އިތުރުން، މީގެ ހަ އަހަރު ކުރިން ފީފާ އަދި ޔޫއެފާގެ މެމްބަރުކަން ހޯދި ކޮސޯވޯ އާ ދެކޮޅަށް ސާބިއާ އަދި ބޮސްނިއާ-ހާޒިގޮވީނާ ދެ ގައުމު ބައްދަލުކުރުމުން ހުއްޓުވުން ވެސް ހިމެނެ އެވެ.
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު
ޔޫއެފާ ދޫކޮށް އޭއެފްސީއާ ގުޅެން ރަޝިއާ ބޭނުން: ރިޕޯޓް
ޔޫއެފާއާ ދެކޮޅަށް ކޯޓުގައި ރަޝިއާއަށް ކާމިޔާބެއް ނުވި
ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ރަޝިއާ ކޯޓަށް ހިނގައްޖެ
ޔުއެފާ އިން ރަޝިއާގެ ކްލަބަކަށް އަދަބުދީފި
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް
ޓޮޓެންހަމް އިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
އެންޓޯނިއަން ޕެނެންކާ ޖެހި ދުނިޔޭގެ އެއްވަނަ ޕެނަލްޓީ
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް