16 މާޗް 2022
ލޯޒާން، ސްވިޒަލެންޑް (މާޗް 16) - ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމުތަކާއި ކްލަބްތައް ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް ޔޫއެފާއިން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހެޅުމުން ޔޫއެފާއާ އާ އެކޮޅަށް މައްސަލަ ނިންމައިފަ އެވެ.
ލޯޒާން، ސްވިޒަލެންޑް (މާޗް 16) - ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމުތަކާއި ކްލަބްތައް ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް ޔޫއެފާއިން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހެޅުމުން ޔޫއެފާއާ އާ އެކޮޅަށް މައްސަލަ ނިންމައިފަ އެވެ.
ޔޫކްރޭނާ ދެކޮޅަށް މިހާރު ރަޝިއާ އިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޔޫއެފާއިން ވަނީ، ރަޝިއާގެ ފުޓްބޯޅަ ޓީމުތަކަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. ފީފާއިން ފަހުން ވަނީ މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ވެސް ރަޝިއާ އަށް ފުރުސަތު ނެތްކަމަށް ނިންމައިފަ އެވެ.
ޔޫއެފާއާ އާއި ފީފާއާ ދެކޮޅަށް ރަޝިއާއިން ސްވިޒަލެންޑްގެ ލޯޒާންގައި ހުންނަ ސްޕޯޓްސް އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ ޔޫއެފާގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ކޯޓުން ވަގުތީ އަމުރެއް ނެރުނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމަން ޖެހޭތީ އެވެ. ކުރިން އޮތް ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ރަޝިއާއިން ޕޮލެންޑާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. އެކަމަކު މިހާރު އަޅައިފައިވާ ފިޔަވަޅުން ރަޝިއާ ޑިސްކޮލިފައިވުމުން ޕޮލެންޑް ވަނީ ޕްލޭއޮފްގެ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.
ފީފާ އާއި ޔޫއެފާ އިން އެޅި ފިޔަވަޅުތަކުން ޔޫރަޕުގެ ކްލަބް މުބާރާތްތަކުގައި ވާދަކުރާ ރަޝިއާގެ ކްލަބްތަކަށާއި މި އަހަރު ބާއްވާ ޔޫރޯގެ އަންހެން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރަޝިއާގެ އަންހެން ޓީމަށް ވެސް ވަނީ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ. ރަޝިއާގެ ކްލަބް، ސްޕާޓަކް މޮސްކޯ ވެސް އޮތީ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރެޑްބުލް ލައިޕްޒިގްއާ ދެކޮޅަށް ކުޅޭ ގޮތަށެވެ. އެކަމަކު ޔޫއެފާއިން ވަނީ އެ ކްލަބް ވެސް މުބާރާތުން ބޭރުކޮށްފަ އެވެ.
މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރަޝިއާގެ ޕީޓާސްބާގްގައި ކުޅޭ ގޮތަށް ޔޫއޭފާ އިން އޮތީ ކުރިން ހަމަޖައްސައިފަ އެވެ. އެކަމަކު މިހާރު ފައިނަލް މެޗު ވެސް ވަނީ ފްރާންސްގައި ކުޅޭގޮތަށް ނިންމައިފަ އެވެ.
ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ރަޝިއާ ކޯޓަށް ހިނގައްޖެ
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު
ރަޝިއާ/ޔޫކްރޭންގައި ކުޅޭ ބިދޭސީންނަށް ފީފާގެ ހުއްދައެއް
ކޯޓުން މޮޅުވިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު
އިތުރު ވަގުތު ދިގުކުރުމުން ކުޅުންތެރިންނަށް ގެއްލުންވޭ
ސައުދީގެ ޓްރާންސްފާ ވިންޑޯއާ މެދު ފިޔަވަޅުއަޅާ: ކްލޮޕް
ޔޫރޯ 2024 އިން ވެސް ރަޝިއާ ބާކީކޮށްފި
ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތް ކަމަށް ނިންމައިފި
ބްލެޓާ އާއި ޕްލެޓިނީގެ މައްސަލައިގެ ޝަރީއަތް ފަށަނީ
ޔޫއެފާ ދޫކޮށް އޭއެފްސީއާ ގުޅެން ރަޝިއާ ބޭނުން: ރިޕޯޓް