31 މާޗް 2022
ރަޝިއާ އިން ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށްލައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގުޅެން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާ އިން ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށްލައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގުޅެން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން، ޔޫއެފާ އިން ވަނީ އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ރަޝިއާގެ ގައުމީ ޓީމާއި ފުޓުބޯޅަ ކުލަބްތައް ވެސް ސަސްޕެންޑް ކޮށްފަ އެވެ.
ޔޫއެފާއާ އެކު ފުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ވެސް ވަނީ ރަޝިއާ އަށް ފިޔަވަޅު އަޅައި، އެ ގައުމަށް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަނުކުރެވޭ ގޮތް ހަދައިފަ އެވެ. އެހެން ކަމުން ރަޝިއާ އިން އޭއެފްސީ އަށް ބަދަލުވުމުގައި ވެސް ޔޫއެފާ އާއި ފީފާގެ ރުހުން ވެސް ބޭނުންވާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.
އޭއެފްސީއާ ގުޅެން އެންމެ ފުރަތަމަ ޔޫއެފާ އިން ވަކިވާން ރަސްމީކޮށް ރަޝިޔާ އިން ހުށަހަޅަން ޖެހެ އެވެ. އަދި އޭއެފްސީގެ މެމްބަރަކަށް ވާން ހުށަހެޅޭނީ، ފީފާ އިން ހުއްދަ ދިނުމުންނެވެ.
ރަޝިއާ އަށް އޭއެފްސީއާ ގުޅެން ހުއްދަ ލިބުނަސް، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގައި ނުކުޅެވިދާނެ އެވެ. އެއީ ޔޫއެފާގެ ޕްރެޝަރާ އެކު ފީފާ އިން ވެސް ރަޝިއާ ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. ފީފާ އިން ހިންގާ މުބާރާތްތަކުގައި ރަޝިއާ އަށް ނުކުޅެވުނަސް އޭއެފްސީން ހިންގާ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ރަޝިއާ އެންމެ ފަހުން އޭއެފްސީ މެމްބަރު ގައުމަކާ ދެކޮޅަށް ކުޅުނު މެޗެއް: އަމިއްލަ ފަސްގަނޑުގައި 2018 ގެ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗު ސައުދީ އަރަބިއްޔާއާ ވާދަކޮށް މޮޅުވީ 5-0 އިން.-- ފޮޓޯ: ގެޓީ އިމޭޖަސް
މިދިޔަ ފެބްރުއަރީ މަހު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ އެކު ޔޫއެފާ އާއި ފީފާ އިން ވަނީ އެ ގައުމު ސަސްޕެންޑްކޮށް، ވޯލްޑް ކަޕް ކޮލިފައިން އިން ވެސް ބޭރު ކޮށްފަ އެވެ. ކޮލިފައިންގައި ރަޝިއާ ވާދަކުރަން އޮތީ ޔޫރަޕުގެ ޕްލޭއޮފްގައި ޕޮލެންޑާ ދެކޮޅަށެވެ. ރަޝިއާ އާއި ޕޮލެންޑް ހިމެނޭ ޕްލޭއޮފް ބްރެކެޓުގައި ދެން ހިމެނޭ ސްވިޑެން އާއި ޗެކް ރިޕަބްލިކް ވެސް ވަނީ ރަޝިއާއާ ދެކޮޅަށް ކުޅެން ބޭނުން ނުވާކަން ހާމަކޮށް ފީފާ އަށް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ޔޫއެފާ އިން ވަނީ ރަޝިއާގެ ކުލަބް ފުޓުބޯޅަ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އެ ގައުމުގެ ސްޕާޓަކް ކޮސްކޯ ޖާގަ ހޯދި ނަމަވެސް ޔޫއެފާ އިން ވަނީ އެ ޓީމު ވެސް މުބާރާތުން ސަސްޕެންޑް ކޮށްފަ އެވެ. މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ ރަޝިއާގަ އެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ޔޫއެފާ އިން ވަނީ ފްރާންސްގައި ފައިނަލް މެޗު ބާއްވަން ނިންމައިފަ އެވެ.
ރަޝިއާ އަށް ފީފާ އާއި ޔޫއެފާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލެވޭނެ އެއް ގޮތަކީ ޔޫއެފާ ދޫކޮށް އޭއެފްސީއާ ގުޅުން ކަމަށް އެ ޓީމުން ވަނީ މި މަހުގެ ކުރީކޮޅު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) ގައި ވެސް ބުނެފަ އެވެ.
ރަޝިއާ އިން އޭއެފްސީއާ ގުޅިއްޖެ ނަމަ، ޔޫރޯ މުބާރާތުގެ ބަދަލުގައި އެޓީމު ވާދަކުރާނީ އޭޝިއަން ކަޕަށެވެ. އަދި ކުލަބްތައް ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ބަދަލުގައި ކުޅޭނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕެވެ.
ކޮންޓިނެންޓަލް ކޮންފެޑެރޭޝަން ބަދަލުކުރުމަކީ ފުޓްބޯޅައިގެ ދުނިޔޭގައި އާ ކަމެއް ނޫނެވެ. އޭއެފްސީގެ މެމްބަރެއް ގޮތުގައި އިޒްރޭލުން ކުޅެން ފެށި ނަމަވެސް އަރަބި މެމްބަރު ގައުމުތަކުން އިޒްރޭލް ބޮއިކޮޓްކުރުމާ ގުޅިގެން އެ ގައުމު އޭއެފްސީން ބޭރު ކުރީ އެވެ. އޭގެ ފަހުން އޯޝޭނިއާ ކޮންފެޑެރޭޝަނާ ވެސް ގުޅުމަށް ފަހު މިހާރު އެއީ ޔޫއެފާގެ މެމްބަރު ގައުމެކެވެ.
މީގެ އިތުރުން އޯޝޭނިއާ މެމްބަރު ގައުމެއް ގޮތުގައި އޮތް އޮސްޓްރޭލިއާ އިން ވެސް ވަނީ 2005 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ މެމްބަރުކަން ހޯދައިފަ އެވެ. އޭގެ ކުރިން އޭއެފްސީ މެމްބަރު ގައުމެއް ކަމަށްވާ ކަޒަކިސްތާން ވެސް ވަނީ 2002 ވަނަ އަހަރު ޔޫއެފާ އަށް ބަދަލުވެފަ އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަޝިއާގެ އަންދްރޭ ކަންޗެލްސްކީސް، 53، ބުނީ، ޔޫއެފާ އިން ރަޝިއާ ގައުމީ ޓީމާއި ކުލަބުތަކަށް މިވަރުގެ ހަރުކަށި ފިޔަވަޅެއް އަޅައިފާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ހާލަތު ކޮންމެ ގޮތަކަށް އޮތަސް ގައުމުގެ ފުޓުބޯޅަ ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.
"ރަޝިއާ އަށް އޮތް އޮޕްޝަނަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގުޅުން ކަމަށްވާނަމަ އެކަން ވެސް ކުރަންވީ. އަހަރެން އޭޝިއާގައި ވެސް ކުޅުނިން، މިފަދަ މެޗުތައް ބެލުމަކީ ވަރަށް ޝައުގުވެރިވާނެ ކަމެއް،" ރަޝިއާ ގައުމީ ޓީމަށް ކުޅުނު ފޯވާޑް ބުންޏެވެ.
ޔޫރޯ 2024 އިން ވެސް ރަޝިއާ ބާކީކޮށްފި
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު
ޔޫއެފާއާ ދެކޮޅަށް ކޯޓުގައި ރަޝިއާއަށް ކާމިޔާބެއް ނުވި
ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ރަޝިއާ ކޯޓަށް ހިނގައްޖެ
ޔުއެފާ އިން ރަޝިއާގެ ކްލަބަކަށް އަދަބުދީފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް
ޕޮއިންޓެއްވެސް ނުލިބި މާޒިޔާއަށް ޗެލެންޖް ލީގް ނިމިއްޖެ
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި