Roadha Mihaaru
"ގާލްސް ޓު ކޯޑް" ހަތަރު ވަނަ ޕްރޮގްރާމް ލ. ގައި

"ގާލްސް ޓު ކޯޑް" ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި ބާއްވަނީ

20 ސެޕްޓެމްބަރ 2022

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ "ގާލްސް ޓު ކޯޑް" ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ "ގާލްސް ޓު ކޯޑް" ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަން ހުޅުވާލައިފަ އެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިމަހު 25 ގައި ފަށަން ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ މުއްދަތަކީ ދެ މަސް ދުވަސް ކަމަށެވެ.

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދިނުމާއި އެ ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެޗްޓީއެމްއެލް އާއި، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށެވެ.

ދެ މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށްދާ އެ ޕްރޮގްރާމުގެ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނުނަގަ އެވެ.

ދެ މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށްދާ އެ ޕްރޮގްރާމުގެ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނުނަގަ އެވެ.

ދިރާގުން ބުނީ އެ ޕްރޮގްރާމްގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި ކުރިން އެއްވެސް ވަރަކަށް ކޯޑު ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށް ވެސް ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކޮށް، ހުނަރު ތަރައްގީ ކުރުމާއެކު އެ ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމުގެ ގޮތުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން 2019 ވަނަ އަހަރު ފެށި ސީރީޒެކެވެ.

އެ ސީރީޒްގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ ފުވައްމުލަކުގަ އެވެ. އެއަށް ލިބުނު ތަރުހީބު ބޮޑުވުމާއެކު މިދިޔަ އަހަރުގެ ކުރީކޮޅު ގދ. ތިނަދޫގައި ވެސް އެ ޕްރޮގްރާމް ވަނީ ބާއްވާފަ އެވެ. ސީރީޒްގެ ތިން ވަނަ ޕްރޮގްރާމް މިދިޔަ އަހަރުގެ ފަހުކޮޅު ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީގަ އެވެ.

ލ. އަތޮޅުން އެ ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.