ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމު، "ގާލްސް ޓު ކޯޑް"ގެ މާލެ އެޑިޝަން ފަށައިފި އެވެ.
16 ޖުލައި 2025
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމު، "ގާލްސް ޓު ކޯޑް"ގެ މާލެ އެޑިޝަން ފަށައިފި އެވެ.
މާލޭގައި ފެށި "ގާސްލް ޓު ކޯޑު"ގެ މި އެޑިޝަނަކީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ މަހާ ގުޅުވައިގެން ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަށް ހޫނު ތަރުހީބެއް ލިބިފައިވާކަން ދިރާގުން ބުންޏެވެ. ދިރާގުން ބުނީ މި ޕްރޮގުރާމު ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ 16 އަހަރާ 30 އަހަރާ ދެމެދުގެ އަންހެން ކުދިންނާއި ޒުވާނުން ބައިވެރިވި ކަމަށެވެ.
މި ޕްރޮގްރާމުގެ ބައިވެރިން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ވާޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މި އަހަރުގެ "ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއާ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
މި ޕްރޮގުރާމާ ގުޅޭ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް އައިމިނަތު ޝިއުފާ ވިދާޅުވީ "ގާލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން އަންހެނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް ޓެކްނޮލަޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދީ، އެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުވުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމު ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ އަދި ލާމު އަތޮޅުގެ އިތުރުން ހއ. ދިއްދޫގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން ހިންގާ ޕްރޮގުރާމެކެވެ.
އަންހެން ކުދިން ކޯޑިން ދަސްކުރާ ޕްރޮގްރާމް ދިއްދޫގައި
ގާލްސް ޓު ކޯޑް ޕްރޮގްރާމުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި
ރާއްޖޭގައި "އަވާ އޮފް ކޯޑް" ބާއްވަނީ
"ގާލްސް ޓު ކޯޑް" ލާމުު އެޑިޝަން ފަށައިފި
"އަވާ އޮފް ކޯޑް" ޕްރޮގްރާމު ނިންމާލައިފި
"އަވާ އޮފް ކޯޑް" ގައި ރަޖިސްޓަރީ ވާން ހުޅުވާލައިފި
"ގާލްސް ޓު ކޯޑް" ހަތަރު ވަނަ ޕްރޮގްރާމް ލ. ގައި
ދިރާގުގެ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފި
"ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފަށައިފި
އަންހެން ކުދިންގެ ޑޭޓާ ލިޓްރަސީ ޕްރޮގްރާމެއް ފަށަނީ